ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިއްތި ފަންނު ގައި ކެންޓީނު، ރެސްޓޯރަންޓް، ހޮޓާ ނުވަތަ ކެފޭ ފަދަ ތަންތަން ހިންގުމުގެ ފުރުޞަތު ހުޅުވާލުން

ނިލަންދޫ ސިއްތިފަންނު މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު: (IUL)374-C/374/2019/95 (04 ނޮވެންބަރު 2019) އިޢްލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީ، އެ އިޢްލާން ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތާއި ގުޅޭ އިތުރު ތަފްސީލް، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި ، ވެބުސައިޓުން އަދި ގެޒެޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2019 ނޮވެމްބަރ 21 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ. މިކަމާ ގުޅޭ ޕްރީބިޑް މީޓިންގ 2019 ނޮވެމްބަރ 26 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި އޮންނާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 2019 ޑިސެންބަރު 02 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ  ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބުސައިޓުން www.fncl.gov.mv ޑައުންލޯޑް ކުރެއްވޭނެއެވެ.

 

ނޯޓް: އަންދާސީ ހިސާބު ހުށަހަޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

 

24  ރަބީޢުލްއައްވަލު 1441

21   ނޮވެންބަރ  2019    

 

 

          

 

21 ނޮވެންބަރު 2019
ހޯދާ