މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

(IUL)367-prs/367/2019/77 :ނަންބަރު

މަޤާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-221325

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ / މ. ކޮޅުފުށި

މުސާރަ:

މަހަކު 6,295.00 ރުފިޔާ

ސަރވިސް އެލެވަންސް:

ސަޕޯޓިން ކޯ އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

މަހަކު 900.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަސައްކަތާގުޅޭ މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ޖަވާބު ތައްޔާރުކުރަންޖެހޭ ލިޔުންތަކުގެ ޖަވާބުތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  2. ސެކްޝަނަށް ހުށަހެޅޭ ސިޓީ، މެސެޖްފަދަ ތަކެތި ބަލައިގަތުމާއި، ސެކްޝަނުގެ އެންޓްރީ ބެލެހެއްޓުން.
  3. ސެކްޝަނުން ދެމުންދާ ޚިދުމަތަކާއި ގުޅިގެން ހަދަންޖެހޭ އެންމެހާ ޤަވާޢިދުތައް ޒިންމާދާރު ވެރިޔާގެ ލަފާގެ މަތިން ތައްޔާރުކުރުން.
  4. ސެކްޝަނުގައި މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު ކުރަންޖެހޭ މަސައްކަތް ކުރުން.
  5. ސެކްޝަނުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު، ނޯޓު އަދި އިޢުލާނާއި ދެންނެވުންފަދަ ލިޔުންތައް ލިޔެ ތައްޔާރުކޮށް ފޮނުވުމާއި ޔުނިޓުގެ ފަރާތުން ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން.
  6. ސެކްޝަންތަކަށް އަދި ޔުނިޓުތަކަށް ފޮނުވަންޖެހޭ މެމޯ ޒިންމާދާރު ވެރިޔާގެ އިރުޝާދުގެ މަތިން ތައްޔާރުކޮށް ޔުނިޓުތަކާއި ޙަވާލުކުރުން، ފުރަންޖެހޭ ފޯމުތައް ޒިންމާދާރު ވެރިޔާގެ އިރުޝާދުގެ މަތިން ފުރުން.
  7. ކައުންސިލްގެ އިދާރާއިން ބާއްވަންޖެހޭ އެކިއެކި ޖަލްސާތަކާއި ބައްދަލުވުންތަކުގެ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ނޯޓު ނެގުމާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  8. ކައުންސިލުން ބާއްވާ ޢާއްމު ބައްދަލުވުންތަކާއި ކުއްލި ބައްދަލުވުމުގެ އެޖެންޑާ ތައްޔާރުކުރުމާއި، މެންބަރުންނަށް އެޖެންޑާ ފޮނުވާ ރެކޯޑްތައް ބެލެހެއްޓުން.
  9. ކައުންސިލްގެ ބައްދަލުވުން ބާއްވާ ތަން ތައްޔާރުކުރުމާއި ޖަލްސާއަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް ޖަލްސާ ކުރިއަށްގެންދިއުމުގެ އިންތިޒާތައް ހަމަޖެއްސުން.
  10. ކައުންސިލް ބައްދަލުވުންތަކުގެ ޔަވްމިއްޔާ ލިޔުމާއި ކައުންސިލްގެ އިދާރާގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން.
  11. ރަށުގައި ހިނގާ މުޙިއްމު ކަންކަން ނޯޓްކޮށް ކައުންސިލް އިދާރާގެ ޚާއްޞަ ޔަވްމިއްޔާ ލިޔެ ބެލެހެއްޓުން.
  12. ކައުންސިލުން ރައްޔިތުންނާއި، ސަރުކާރު އޮފީސްތަކާއި ކުންފުނިތައް އަދި  ޢާއްމު ފަރުދުންނާއި އެކު ބާއްވާ ބައްދަލުވުންތަކުގެ ޔަވްމިއްޔާ/ ރެކޯޑްސް ބަލަހައްޓާ އެ ތަކެތި ފައިލްކުރުން.
  13. ރައްޔިތުންނާއެކު ކައުންސިލުން ބާއްވާ ޢާއްމު ބައްދަލުވުންތައް އިންތިޒާމްކޮށް ޔަވްމިއްޔާ ލިޔެ ބެލެހެއްޓުން.
  14. ކައުންސިލުން ބާއްވާ މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔަވްމިއްޔާ އާއި ރެކޯޑްސް ބެލެހެއްޓުން އަދި އެތަކެތި ފައިލްކުރުން އަދި ފޮނުވަންޖެހޭ ފަރާތްތަކަށް / އިދާރާތަކަށް ފޮނުވުން.
  15. ކައުންސިލްގެ ނިންމުންތަކާއި، އުޞޫލުތައް، ކައުންސިލުން ނިންމާގޮތެއްގެމަތިން  ތައްޔާރުކުރުމާއި އެ ތަކެތި ޢާއްމުކުރުމާއި އަދި ފައިލްކޮށް ބެލެހެއްޓުން.
  16. 35،000 ރުފިޔާއިން މަތީތީގެ ހިތުމަތް / ތަކެތީގެ ޕްރޮކިއުމެންޓް މަސައްކަތްކުރުން.
  17. ބިޑް ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމްކޮށް ޔައުމިއްޔާ ލިޔުމުގެ މަސައްކަތް ކުރިއަށްގެންދިއުން.
  18. ބިޑް ކޮމިޓީން ނިންމާ ނިންމުންތައް ކަމާއިގުޅޭ ސެކްޝަން / ޔުނިޓްތަކަށް އެންގުން.
  19. ބިޑް ކޮމިޓީގެ ނިންމުމާއި ގުޅިގެން ތައްޔާރުކުރަންޖެހޭ އެއްބަސްވުން ތައްޔާރުކޮށް، އެއްބަސްވުމުގައި ސޮއިކޮށް، ސޮއިކުރެވުނު ފަރާތާއި ގުޅިގެން މަސައްކަތް ކުރިޔަށް ގެންދިޔުމަށް އެންގުން.
  20. ނީލަމަށް ފޮނުވަންޖެހޭ ތަކެތި، ނީލަމަށް ފޮނުވުމާއި އެކަމާގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ވެރިންގެ ލަފައާއިއެކު ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ މަޤާމު، އަދި ވަޒީފާގެ މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއަކުން ޤައުމީ ފެންވަރުގައި އުފައްދާފައިވާ ޖަމްޢިއްޔާ ނުވަތަ  ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ.)

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމު، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން (%40)
  • ސިވިލްސަރވިސް ވަޒިފާއަށް ވަނުމަށްދެވޭ އިމްތިޙާން (%5)
  • ލިބިފައިވާ މަސައްކަތު ތަޖުރިބާ (%5)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު) ( %40)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ ގެ 14:00 ގެ ކުރިން، މުލަކަތޮޅު ކޮޅުފުށީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6720607 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު، އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ 08 ޑިސެންބަރު 2019 އާއި 19 ޑިސެންބަރު 2019 އާއި ދެމެދުގެ ތާރީހެއްގައި މުލަކަތޮޅު ކޮޅުފުށީ ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މައުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6720606، 7974746 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަމްބަރަކީ 6720607 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

28 ރަބީއުލްއައްވަލް 1441

24 ނޮވެމްބަރ 2019

24 ނޮވެންބަރު 2019
ހޯދާ