ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ހައިކޯޓުގެ ޤަވާޢިދަށް 5 ވަނަ އިޞްލާޙް ގެނައުން

ބުނެވިދިޔަ ޤަވާޢިދުގެ 29 ވަނަ މާއްދާގެ ދަށައް އަކުރެއް އިތުރުކުރުން:

(ޅ) މިމާއްދާގެ (ނ) ގެ ދަށުން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ހައިކޯޓަށް ބަލައިގަތުމުގެ ހުއްދަ ދެވޭ މައްސަލަތަކާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގާ މައްސަލަތަކާއި، މިޤަވާޢިދުގެ 17 ވަނަ މާއްދާގެ ދަށުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅޭ ނިންމުންތަކުގެ ތެރެއިން، ރަނގަޅުނޫން ނިންމުމެއްކަމަށް ފަނޑިޔާރުން ކަނޑައަޅާ ނިންމުންތައް، އެކަން އެފަރާތަކަށް އަންގާ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅަންވާނެއެވެ. އެ މުއްދަތުގައި ހުށަނައަޅައިފިނަމަ އެމައްސަލައެއް ބަލައި ނުގަނެވޭނެއެވެ.

މިއިޞްލާޙަށް ޢަމަލުކުރަންފަށާނީ 01 ޑިސެމްބަރު 2019 އިން ފެށިގެންނެވެ.

24 ނޮވެންބަރު 2019
ހޯދާ