ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމް:

އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމުގެ ނަމްބަރު:

J-210926

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޤައުމީ ކުތުބުޚާނާ

މަސައްކަތު ގަޑި

ހެނދުނު 08:00 ން މެންދުރު 14:00 ށް ދުވާލަކު 6 ގަޑިއިރުއެވެ. 30 މިނިޓް ބްރޭކް ލިބޭނެ.

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  • ލީގަލް ޑިޕޮޒިޓް ޤާނޫނުގެ ދަށުން ލިބޭ ނޫސްތަކުގެ ލިސްޓް އަޕްޑޭޓް ކުރުން.
  • ލައިބްރަރީއަށް އެހީގެ ގޮތުންނާއި ގަނެގެން ލިބޭ ނޫސްތަކުގެ ލިސްޓް އަޕްޑޭޓް ކުރުން.
  • ރާއްޖޭގެ ނޫސްތަކުގެ އަޕްޑޭޓަޑް އެކްސެޝަން ލިސްޓެއް ބެލެހެއްޓުން.
  • ދުވަހުން ދުވަހަށް އަންނަ ނޫސްތައް ސްކޭން ކުރުން.
  • ކޮންމެ ނޫހެއްގެ ލިބެންހުރި ކޮޕީތަކުގެ ލިސްޓެއް ބެލެހެއްޓުން.
  • ނޫސް ވީޑްކުރުން.
  • ނެޓްވާކްގައި ނޫސްތަކުގެ ފޯލްޑަރ އަޕްޑޭޓް ކުރުން.
  • ޑިޖިޓަލް ލައިބްރަރީއަށް ނޫސްތަކުގެ ބިބްލިއޮގްރަފީއަށް ނަގާ އަދި ބިބްލިއޮގްރަފިކް ޑޭޓާ އަޕްލޯޑް ކުރުން.
  • ރާއްޖޭގައި ނެރޭ ނޫސްތަކާއި ބެހޭގޮތުން ރިސަރޗްކުރުން.
  • ނޫސް މަސައްކަތަށް ބޭނުންވާ ތަކެތި ހަމަތޯ ބެލުން.
  • އިފްލާގެ ނިއުސްޕޭޕަރ ސެކްޝަންއިން ލިބޭ މައުލޫމާތު ޔުނިޓް މީޓީންގތަކުގައި ހުށަހެޅުން.
  • މަހުން މަހަށް ރިޕޯޓް ތައްޔާރުކުރުން.
  • ސްޓޮކް އޯޑިޓްގައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • ޔުނިޓް ހެޑް މަސައްކަތް ޕްރައިއޮރިޓައިޒް ކުރާ ގޮތުން އެހެން ފޯމެޓްތަކުގެ މަސައްކަތް ކުރުން.
  • ދިވެހި ނޫސް/މަޖައްލާގެ ޓެކްނިކަލް މަސައްކަތްކޮށް ސެކްޝަންތަކާއި ޙަވާލު ކުރުން.
  • ކަނޑައެޅިފައިވާ ގަޑިތަކުގައި ލައިބްރަރީ ސާރވިސް ޔުނިޓްގެ މަސައްކަތްކުރުން.
  • ޑިޖިޓައިޒޭޝަން މަސައްކަތުގައި އެހީތެރިވުން.
  • ޕްރޮސީޖަރ ތައްޔާރުކުރުމުގައި ޔުނިޓް ހެޑަށް މައުލޫމާތު ދިނުން.
  • ވެބްސައިޓްއަށް މައުލޫމާތު ހުށަހެޅުން.
  • ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔުން.
  • ލައިބްރަރީގެ ފަރާތުން އިންތިޒާމްކުރާ ކޯސް، ޓްރޭނިންގ ޕްރޮގްރާމް، ވޯރކްޝޮޕް، ޖަލްސާ، ސެމިނަރ އަދި މިނޫންވެސް މިފަދަ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެއްބާރުލުން ދިނުން.
  • މަސައްކަތާއިގުޅޭ ހުރިހާ މުއާމަލާތްތައް ލިޔުމުން ކުރުން، މިގޮތުން އީމެއިލުން މުޢާމަލާތުކުރުމަށް ސަމާލުކަން ދިނުން، ޤަވާއިދުން އީމެއިލް ޗެކްކޮށް އީމެއިލް ތަކަށް ރިޕްލައި ކުރުން.
  • ހަފުތާއަކު އެއްފަހަރު ބޭއްވޭ ޔުނިޓް ބައްދަލުވުންތަކުގައި ބައިވެރިވުން.
  • ހަފުތާއަކު އެއްފަހަރު ބޭއްވޭ ޕާރފޯމަންސް އެޕްރައިސަލް ބައްދަލުވުންތަކުގައި ބައިވެރިވުން.
  • މުވައްޒަފުންނާއި ކަސްޓަމަރުންނަށް މުއާމަލާތްކުރުމުގައި ރިވެތި އަދަބާއި ލާމަސީލު ނަމޫނާއަކަށްވުން.
  • މުވައްޒަފުންނާއި ކަސްޓަމަރުންގެ މަޢުލޫމާތުތަކަށް ރައްކާތެރިވެ ސިއްރު ހިފެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިމިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޑިސެމްބަރ 03 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން، ޤައުމީ ކުތުބުޚާނާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  އަދި ފެކްސް 3313712 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު،އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 2019 ޑިސެމްބަރު 08  އާއި 2020 ޖެނުއަރީ 09 އާ ދެމެދު، ޤައުމީ ކުތުބުޚާނާ، (މިއުޒިއަމް ބިލްޑިން އޭ) ގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3007200 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3313712 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                                  26 ރަބީޢުލްއައްވަލް 1441

23 ނޮވެންބަރު 2019
ހޯދާ