މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ކޮޅުފުށިން ތެޔޮބިން ދޫކުރުން

މ.ކޮޅުފުށީ ބަނދަރުމަތިން 2 (ދޭއް) ތެޔޮބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިތަކަށް މި އިދާރާއަށް ހާޒިރުވެ، މައުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑު ހުށަހެޅުމަށް ދަންނަވަމެވެ.

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ކައުންސިލްގެ ޖަލްސާކުރާ މާލަމް

27 ނޮވެމްބަރ 2019

ބުދަ

13:00

ބިޑް ހުށަހެޅުން

ކައުންސިލްގެ ޖަލްސާކުރާ މާލަމް

03 ޑިސެމްބަރ 2019

އަންގާރަ

13:00

 

      ކޮންމެ ފަރާތަކަށްވެސް މައުލޫމާތު ސާފުކޮށް އަދި ބިޑުހުށަހެޅޭނީ ކޮންމެވެސް އެއްފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ ފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެއެވެ.      އަދި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ކުންފުންޏެއްގެ ފަރާތުން ބައިވެރިވާނަމަ ކުންފުނި ތަމްޞީލް ކުރާކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

      އަދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިއެއް ނުވެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

21 ނޮވެންބަރު 2019
ހޯދާ