މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މަޤާމު: އިމިގްރޭޝަން އޮފިސަރ ޓްރެއިނީ

މަގާމުގެ ނަން

މަޤާމު:

އިމިގްރޭޝަން އޮފިސަރ ޓްރެއިނީ

މަޤާމުގެ ނަންބަރު:

J-307172, J-317635, J-317634, J-317636, J-317638

ބޭނުންވާ އަދަދު:

05

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

CS2

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓަންޓް އިމިގްރޭޝަން އޮފިސަރުން

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެ ސަރަޙައްދުގެ އިމިގްރޭޝަން އޮފީސް ތަކުގައި ދައުރުވާ ގޮތަށް (އިމިގްރޭޝަން އިން އެވަގުތެއްގައި ކަނޑައަޅާ ސެކްޝަނެއްގައި)

މުސާރަ:

-/6500ރ

ސަރވިސް އެލަވަންސް:

1500/-ރ

ސްޕެޝަލް ސަރވިސް އެލަވަންސް

މުސާރައިގެ %35 (ވަޒީފާ ދާއިމީ ވުމުން)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

 

  1. އެއާރޕޯޓް ގެ ބޯރޑަރކޮންޓްރޯލް ގެ މަސައްކަތްތައް ކުރުން
  2. ދިވެހިރައްޔިތުންނަށް ޕާރސްޕޯރޓް އަދި ޓްރެވެލް ޑޮކިޔުމަންޓް ގެ ޙިދުމަތްދިނުމުގެ މަސައްކަތްތައްކުރުން
  3. ސީޕޯރޓް ސެކްޝަން ގެ މަސައްކަތްތައް ކުރުން
  4. ވިޒާ ސެކްޝަން ގެ މަސައްކަތްތައް ކުރުން
  5. އޮފީހަށް ދިމާވާ ޚާއްސަ ހާލަތާއި ގުޅިގެން ކުރިއަށް ގެންދާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިގެން ކަންތައްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

  • 'ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކްނަޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ފާސްވެފައިވުން.
  • އުމުރުން 25  އަހަރު ( އިޢުލާން މުއްދަތު ހަމަވާއިރު ) ފުރިފައިނުވުން.

އިމިގްރޭޝަން އޮފިސަރެއްގެ ވަޒީފާ އަދާކޮށް އުޅުމުގެ ޖިސްމާނީ، ނަފްސާނީ އަދި ސިއްޚީ ޤާބިލްކަން ލިބިފައިވުން ( އިންޓަވިއުއިން ފާސްވެ ވަޒީފާ ހަމަޖެއްސުމަށް ފޮނުވުމުގެ ކުރީން މެޑިކަލް ޗެކަޕް ހައްދަންވާނެއެވެ.)

ނޯޓް: މި މަޤާމަށް ހޮވާ މުވައްޒަފު މި މަޤާމުގައި ބެހެއްޓޭނީ ގިނަވެގެން 8 މަސްދުވަހަށެވެ. މި މުއްދަތުގައި ބޭސިކް ޓެރިއިނިންގ ފުރިހަމަކޮށް ފާސްވާ ފަރާތްތަށް، ސީ.އެސް 3-1 އިން ސީ.އެސް 6-1 އާ ދެމެދުގެ ޝަރުތުހަމަވާ ރޭންކުގެ ފުރަތަމަ ގްރޭޑަށް ކުރިއެރުން ދެވޭނެއެވެ. ސީ.އެސް 6-1 ގެ ރޭންކުގައި ބަޔާންކުރާ ސަނަދަށްވުރެ މަތީ ސަނަދުވާ ފަރާތްތަކަށްވެސް ސީ.އެސް 6 -1 ގެ ރޭންކަށް ކުރިއެރުން ދެވޭނެއެވެ. އަދި މި މުއްދަތުގައި ބޭސިކް ޓްރެއިނިންގ ފުރިހަމަ ނުވާ ފަރާތްތައް ވަޒީފާއިން ވަކިކުރެވޭނެއެވެ.

ނޯޓް: އިމިގްރޭޝަން އޮފިސަރ ޓްރޭނީ މަޤާމަށް ވުރެ މަތީ ރޭއްކުތަކުގެ ތެރެއިން ރޭންކަކަށް އެ އޮނިގަންޑުގައި ކަނޑައަޅާފައިވާ ތަޢުލީމީ ޝަރުތު ފުރިހަމަވާނަމަ އިމިގްރޭޝަން އޮފިސަރ ޓްރޭނީގެ މަޤާމަށް ޝަރުތު ހަމަކޮށްގެން ކުރިއަށް ގެންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު (މި ފޯމު އިމިގްރޭޝަންގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް  ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މައްސޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،  ވަޒީފާ އަދާކުރި  މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

  • ކަނޑުދަތުރުކުރެވޭ އަދި ފަތަން ދަންނަ ފަރާތަކަށްވުން
  • އަތޮޅުތަކުގައި ހެދިފައިވާ އިމިގްރޭޝަން އޮފީސްތަކުގައި މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
  • ކަނޑުބޯޓު ފަހަރަށް އަރާ ފޭބޭ ފަރާތެއްކަމުގައިވުން
  • ސިއްޙީ ގޮތުން މިފަދަ މަސައްކަތެއް ކުރެވޭނެ ފަރާތަކަށްވުން (އިންޓަވިއުއިން ފާސްވެ

ވަޒީފާ ހަވާލުކުރުމުގެ ކުރިން މެޑިކަލް ޗެކަޕެއް ހަދަން ޖެހޭނެއެވެ)

  • ޔުނީފޯމް އަޅައިގެން ދަންފަޅިތަކުގައި މަސައްކަތްކުރެވޭ ފަރާތަކަށްވުން

މަގާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  02 ޑިސެމްބަރ 2019 ވަނަ ދުވަހުގެ ގެ 1400 ގެ ކުރިން މޯލްޑިވްސް އިމިގްރޭޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3320011 މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައެޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މުވައްޒަފުން ހޮވުމަށް ބޭއްވޭ އިންޓަވިއު 08 - 12 ޑިސެމްބަރ 2019 އާއި ދެމެދު، މޯލްޑިވްސް އިމިގްރޭޝަން (ހ. ވެލާނާގެ 1 ވަނަ ފަންގިފިލާ) ގައެވެ. އިންޓަރވިއު ކުރުމާއި އަދި އިމްތިހާން ކުރުން ކުރިއަށް ގެންދަވާނީ މިއިދާރާއިން އިން ކަނޑައަޅާ (މަދުވެގެން 3) މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލްއަކުންނެވެ.

ސްކްރީނިންގ

  • އިޢުލާންގައި ހުށަޖަޅަންޖެހޭ ލިޔުންތައް މިބައިގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައިވޭތޯ ބެލުން
  • އިޢުލާން މުއްދަތު ހަމަވާ ތާރީހަށް އުމުރުން 25 އަހަރު ވެފައި ނުވުން.
  • މަޤާމުގެ އަސާސީ ޝަރުތައްވާ ތަޢުލީމީ ފެންވަރު ހަމަވުން.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހަމައަށް ހުށަހަޅާފައިވުން. (އެޕްލިކޭޝަން ފޯމް، ވަނަވަރު، ތަޢުލީމީ ސެޓްފިކެޓްތަކާއި އިޢުލާނުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަމާގުޅޭ މުހިއްމު ލިޔެކިޔުންތައް)
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މަޤާމަށް އެދި ހުށަހަޅާފައިވުން.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މިއޮފީހުގެ 3330410 އަދި 3330411 ނަންބަރު ފޯނުން މައުލޫމާތު ސާފުވާނެއެވެ.

 

21 ނޮވެންބަރު 2019
ހޯދާ