ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެއަރ ޓްރޭޑު ޕްރިމިއަމް ޕްލޭންގެ ޙަރަކާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު

      އިހަވަންދޫ މަސްވެރި ދޯނިތަކާއި ގުޅިގެން އުފައްދާފައިވާ ފެއާރޓްރޭޑު ޔުނިއަންނަށް މިހާތަނަށް ލިބިފައިވާ ބަޖެޓުން 2019 އިން 2020 އަށް ކަނޑައަޅާފައިވާ ޙަރަކާތްތަށް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެކޮމެޓީން ވަނީ ނިންމާފައެވެ.

      ވީމާ، ތިރީގައިވާ ކަންތައްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

#

ހަރަކާތް

ދާއިރާ

ބަޖެޓު ( ރުފިޔާ )

01

ރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ބޮޑު ޙަރަކާތެއް ގެންދިއުން

ތިމާވެށި

15000.00 އާއި 20000.00 ދެމެދު

02

ސްކޫލް ބެލެނިވެރިންގެ ހިޔަލެއް ހެދުމަށް

އިޖްތިމާއީ

15000.00 އާއި 10000.00 ދެމެދު

03

ކުޅިވަރު މުބާރާތް ހިންގުން ( ދެ ޖިންސަށް )

ޒުވާނުން

15000.00 އާއި 10000.00 ދެމެދު

04

ތިމާވެއްޓާއި މެދު މީހުން ހޭލުންތެރި ކުރުމަށް ޕްރޮގްރާމެއް

ތިމާވެށި

12000.00 އާއި 6000.00 ދެމެދު

05

ރަށުގެ ތަޢުލީމީ ޙަރަކާތްތަކަށް

ތަޢުލީމް

10000.00 އާއި 5000.00 ދެމެދު

06

ރަށުގެ އެކި ހިސާބުތަކުގައި ޑަސްބިން އަދި ތިމާވެށީގެ ބޯޑު ހަރުކުރުން 

ތިމާވެށި

20000.00 އާއި 10000.00 ދެމެދު

07

މަސްވެރިންނަށް ރައްކާތެރި ތަމްރީނު ޕްރޮގްރާމެއް ހިންގުން

ރައްކާތެރިކަން

20000.00 އާއި 10000.00 ދެމެދު

08

ހަށިހެޔޮ ދުޅަހެޔޮ ސިއްޙީ ޕްރޮގްރާމް

ސިއްޙީ

15000.00 އާއި 10000.00 ދެމެދު

09

ދީނީ ހޭލުންތެރި ޕްރޮގްރާމް

ދީނީ

10000.00 އާއި 5000.00 ދެމެދު

10

އެންވެރިކަމާއި މަސްވެރިކަން ދެމެހެއްޓެނިވި ގޮތުގައި  ކުރުމާއިބެހޭ މައުލޫމާތާއި ތަމްރީން ޕްރޮގްރާމެއް ހިންގުން

ތިމާވެށި

20000.00 އާއި 10000.00 ދެމެދު

     ޕްރޮޕޯސަލް ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2019 ނޮވެންބަރު 21 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2019 ނޮވެންބަރު 26 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 13:30 ގެ ކުރިން މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވައި 2019 ނޮވެންބަރު 28 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް ޕްރޮޕޯސަލް ހުށައެޅުއްވުމަށް ދެންނެވީމެވެ.

     މައުލޫމާތު ސާފުކޮށް ޕްރޮޕޯސަލް ހުށަހެޅޭނީ ސަރުކާރު ކުންފުނި، ސަރުކާރުގެ މުއައްސަސާތަކާއި، އަދި ރަށުގެ ކުލަބު ޖަމިއްޔާ ޖަމާއަތްތަކަށެވެ. ސަރުކާރު ކުންފުނި، ސަރުކާރު މުއައްސަސާތަކާއި، ރަށުގެ ކުލަބު ޖަމިއްޔާ ޖަމާއަތް ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ ޕްރޮޕޯސަލް ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއެއް ގެންނަށް ވާނެއެވެ. އަދި ސަރުކާރު ކުންފުނިތަކާއި ރަށުގެ ކުލަބު ޖަމިއްޔާ ޖަމާއަތްތަކުން އެތަނެއްގެ ރަޖިސްޓަރީ ކޮޕީއެއް ގެންނަށްވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

     ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަކަށްލައި ބަންދުކޮށް ކޮން ޙަރަކާތަކަށް އެދި ހުށަހަޅާ ޕްރޮޕޯސަލްއެއްކަން  އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ.

     މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 ނޮވެންބަރު 2019
ހޯދާ