ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ވޯޓަރ ޑިސްޕެންސަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2019/109

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-25-19) PSM-GA /2019/215

 

 

 

އިޢުލާން

 ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

                      މިކުންފުންނީގެ ރޭޑިއޯ ބިލްޑިންގ އާއި ޓީވީ ބިލްޑިންގ ގައި ހަރުކުރުމަށް ބޭނުންވާ '' 5 (ފަހެއް) ވޯޓަރ ޑިސްޕެންސަރ '' ގަންނަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2019/94 ނަންބަރ އިޢުލާނާގުޅިގެން ދީފައިވާ މަޢުލޫމާތުގައިވާ ކަންކަން  ފުރިހަމަކޮށް ޕްރޮޕޯސަލް ހުށަހަޅާފައި ނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  މިވޯޓަރ ޑިސްޕެންސަރ އާއި ގުޅޭ މަޢުލޫމާތު މިއިއުލާނާ އެޓޭޗްކުރެވިފައިވާނެއެވެ.

                    ވީމާ، މި ވޯޓަރ ޑިސްޕެންސަރ ސަޕްލައިކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތް ތަކުން މިކުންފުނިން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޕީ.އެސް.އެމްގެ  ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް  24 ނޮވެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

                    ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

03 ރަބީޢުލްއައްވަލް 1441                     

                           18 ނޮވެމްބަރ 2019                     

20 ނޮވެންބަރު 2019
ހޯދާ