މޮޅަދޫ ސްކޫލް، ހއ. މޮޅަދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ އައުޓްސޯސްކޮށް، ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް

  އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ!

 

ސެކިޔުރިޓީ ބަލަހަށްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ!

 

        01 ޖެނުއަރީ 2020 އިން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް ވިޔަފާރި އުސޫލުން މިސްކޫލްގެ ސެކިޔުރިޓީ ބަލަހަށްޓައި ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

        ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މޮޅަދޫ ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު މިސްކޫލަށް ހުށައެޅުމަށް ދަންނަވަމެވެ.  މިމަސައްކަތައް ކުރިމަތިލެވޭނީ މިހާރު ޢަމަލުކުރަމުންދާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގައިވާ ގޮތަށް އާމްދަނީ ހޯދުމަށް، މިފަދަ މަސައްކަތްތައް ކޮންޓްރެކްޓް އުސޫލުން ކުރުމަށް ޤަވާޢިދުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށައެޅުން

26 ނޮވެމްބަރ 2019 ވާ (އަންގާރަ) ދުވަހުގެ މެންދުރުކުރި 11:00 އަށް

01 ޑިސެމްބަރ 2019 ވާ (އާދީއްތަ) ދުވަހުގެ މެންދުރުކުރި 11:00 އަށް

 

        އަދި ދަންނަވަމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ސިޓީއެއް ގެނައުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޞިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މިއިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް 6500561 ނަންބަރު ފޯނާއެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

 

22 ރަބީޢުލްއައްވަލް 2019

19 ނޮވެންބަރު 2019
ހޯދާ