ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.       

މަޤާމް:

ޗީފް އިންޖިނިއަރ

ޑިޕާޓްމަންޓް/ސެކްސަން:

ލޮޖިސްޓިކްސް – ބޯޓުފަހަރު

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

ބޯޓުގެ އިންޖީން ޑިޕާޓްމަންޓުގެ އިންވެންޓްރީ ބެލެހެއްޓުން

ބޯޓުގެ އެންމެހާ މެޝިނަރީ އަދި އިންޖީނުގެ މެއިންޓެނަންސް މަސައްކަތް ރާވާ ހިންގުން.

އިންޖީން ބަލަހައްޓާމީހުން ތަމްރީންކުރުމާއި އިރުޝާދު ދިނުން.

ޝަރުތުތައް:

މެރިން ޗީފް އިންޖިނިޔަރގެ ސަނަދުތައް ޙާސިލްކޮށްފައިވުން، މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، އަދި މެކޭނިކަލް އިންޖިނިޔަރިންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން

މަހު މުސާރަ:

26،000 ރ އާއި 27،000 ރ ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ލޮޖިސްޓިކްސް ޑިޕާޓްމަންޓް - ބޯޓުފަހަރު

ވީމާ، މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން 24 ނޮވެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު 15:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، އެޓެސްޓެޑް ސެޓިފިކެޓް ތަކުގެ ކޮޕީ އަދި ޕޮލިސް ރިޕޯޓް އާއި އެކު އެސް ޓީ އޯ އައިފާން ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައިވާ މި ކުންފުނީގެ ހެޑް އޮފީހަށް ހުޅަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ހެޑް އޮފީހުން އަދި ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

19 ނޮވެންބަރު 2019
ހޯދާ