ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

                   މިރަށު ދެކުނުކޮޅުގައި މިސްކިތެއް ޢިމާރާތްކުރުމަށް ކަނޑައެޅިފައިވާ ބިން ސާފުކުރަން ބޭނުންވާތީ،

މިސްކިތު ގޯއްޗާއި ވަށައިގެން އޮންނަ މަގުތަކަށް އަރާ ރުއްތަކުގެ ބަދަލް ދިނުމަށްޓަކައި އެސަރަހައްދުގައިހުރި ރުއްތަކުގެ ވެރިން

ހޯދަންބޭނުންވެއެވެ.  ދެންނެވުނު ސަރަޙައްދުގައި ރުއްގަހުގައި ހުންނާނީ މި އިދާރާއިން ނަންބަރުޖަހާފައެވެ.

 

ރުއްގަސް ހުރި ސަރަޙައްދު

ނަންބަރު ޖަހާފައިވާ ދަވާދުގެ ކުލަ އަދި ޢަދަދު

ހަވީރީ ގޯޅިއާއި، ޣާޒީމަގާ ދެމެދުން، ނީލް،ނާރެސް،އުފުރިޔާ އަދި ނޫވިލް މި ގޯތިތަކުގެ ދެކުނުން

ރަތް ކުލައިގެ ދަވާދުން 01 އިން 68 އަށް ނަންބަރުޖަހާފައި

                   ވީމާ، ދެންނެވިފައިވާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިޔެއްވާނަމަ އެއީ ކޮންފަރާތެއްގެ ގަހެއްކަން

ނުވަތަ ރުކެއްކަން އެގޭގޮތަށް އެ މަޢުލޫމާތު 30 ނޮވެމްބަރު 2019 ވާ ހޮނިހިރު ދުވަހު 14:00 ގެ ނިޔަލަށް ލިޔުމުން ނުވަތަ

އިދާރާއަށް ދުރުވެ މަޢުލޫމާތު ދެއްވުން އެދެމެވެ. މި މުއްދަތުގައި ވެރިފަރާތުގެ މަޢުލޫމާތު ނުލިބޭ ރުއްގަހުގެ ވެރިޔަކުނެތް ކަމަށް

ބަލައި ބަދަލު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.                                              

                  މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.  

19 ނޮވެންބަރު 2019
ހޯދާ