ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 44/(IUL)95-A/1/2019

ތާރީހް: 18 ނޮވެމްބަރު 2019

މަގާމް:       

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: GS3

ކޯޓް / ސެކްޝަން

ހައިކޯޓު / ޝަރުއީ

ބޭނުންވާ ޢަދަދު: 01

މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ

4465/- ރުފިޔާ

ސަރވިސް އެލަވަންސް                

1500/- ރުފިޔާ

ލިވިންގ އެލަވަންސް

2,850/- ރުފިޔާ

 45%ޖުޑީޝަލް އެލަވަންސް )މުސާރައިގެ  )

 އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.

މަޤާމުގެ  ޝަރުތު:

1- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް، ނުވަތަ ހަޔަރ ސެކްނަޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ނުވަތަ،

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  • ކޭސް ރެޖިސްޓްރޭޝަން ޔުނިޓުގެ ފަރާތުން ޝަރީއަތާބެހޭ ބަޔާއި ޙަވާލުކުރާ މައްސަލަތައް ބަލައިގަތުމަށްފަހު، މައްސަލައިގެ ފައިލް ތައްޔާރުކޮށް، ފަނޑިޔާރަށް މައްސަލަ އެރުވުން.
  • ފަނޑިޔާރު އަންގަވާ ގޮތެއްގެ މަތިން އިދާރީ ފިޔަވަޅު އެޅުމުގެގޮތުން މައްސަލާގައި ހިމެނޭ ފަރާތްތައް ޙާޟިރުކުރުމާއި، އެފަރާތްތަކަށް ފޮނުވަންޖެހޭ އަމުރުތަކާއި އެންގުންތައް ފޮނުވުން.
  • މައްސަލަ ހުށަހެޅުނުކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި  ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ކަނޑައެޅިފައިވާ އުޞޫލުގެމަތިން އެންގުން
  • ޑިޕޮސިޓް ފައިސާ ބަހައްޓަންޖެހޭ މައްސަލައެއްނަމަ ފަނޑިޔާރުންގެ މަޝްވަރާގެ މަތިން، ޑިޕޮސިޓް ބަހައްޓަންޖެހޭ މުއްދަތު ކަނޑައަޅައި، ބަހައްޓަންޖެހޭ ފައިސާގެ އަދަދު ހިސާބުކޮށް ޑިޕޮސިޓްފައިސާ ބެހެއްޓުމަށް އެންގުން. އަދި މައްސަލަ ނިމުމުން ޑިޕޮސިޓް ބެހެއްޓި ފަރާތާއި ޑިޕޮސިޓް ފައިސާއިން  ދޭންޖެހޭ ފަރާތަށް ފައިސާ ދިނުމަށްޓަކައި ކޯޓަށް ޙާޟިރުވި ދުވަސްތައްބަލާ ހިސާބުކޮށް، ލިބެންޖެހޭ ފައިސާގެ ޢަދަދު ކަނޑައެޅުން.
  • މައްސަލަ ބޭއްވުމަށްޓަކައި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރަންޖެހޭ ފަރާތްތަކަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުން.
  • ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވޭ މީހުން ޙާޟިރުވުމުން އެފަރާތްތަކުގެ ކޯޓު އަމުރުތަކާއި ޙަވާލުވެ، އެމީހުން ޝަރީޢަތުގެ މަޖިލީހަށް ވެއްދުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  • ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުކުރެވޭ ފަރާތްތައް ސޮއިކުރަންޖެހޭ ބަޔާންތަކާއި ލިޔުންތަކުގައި  ސޮއިކުރުވުން.
  • ޝަރީޢަތް އަޑުއަހަން ޙާޟިރުވާ ފަރާތްތަކުގެ ނަން ނޯޓްކުރުމާއި ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ އިންތިޒާމް ހަމަޖެއްސުން.
  • މައްސަލަތަކާ ގުޅިގެން އެކިއެކި ފަރާތްތަކުން ފޮނުވާ ސިޓީތަކަށް، ފަނޑިޔާރުން އަންގަވާ ގޮތެއްގެމަތިން ޖަވާބު ތައްޔާރުކުރުމާއި އެފަދަ ލިޔުންތައް ފައިލް ކުރުން
  •  މައްސަލަތަކާއި ގުޅިގެން އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުން
  •  މައްސަލާގައި ވަކާލާތުކުރުމަށް އަންނަ ވަކީލުން އެދޭގޮތެއްގެމަތިން، ފަނޑިޔާރުގެ މަޝްވަރާއާއެކު އެފަރާތްތަކަށް ޗުއްޓީދިނުން.
  •  މައްސަލަތަކާ ގުޅިގެން އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީ އާއި މެސެޖްފަދަ ތަކެތި ލިޔެފޮނުވުން.
  •  މައްސަލަ ނިމުމުން، މައްސަލަ ނިމުނުކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  •  ސެކްޝަނަށް ލިބޭ ލިއުންތަކަށް އެޅޭ ފިޔަވަޅުނޯޓްކޮށް ލިއުންތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ދުވަހު ޔައުމިއްޔާ ލިއުން.
  •  ރެކޯޑް ބެލެހެއްޓުން.
  • ފަނޑިޔާރުގެ ކޮޓަރިކޮޅުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމާއި ތަޅުދަނޑި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

 

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި

 

  • ވަޒީފާއަށް އެދި ހުށަހަޅާފޯމް.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރު ޔުނިވަރސިޓީއެއްގެ ސެޓްފިކެޓެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައި ހުށަހެޅުން)
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ އެންމެފަހުން ވަޒީފާ އަދާކުރި ދެ އަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބިފައިވާ މާކްސް އެގޭނޭ އެއޮފީހަކުން ދޫކޮއްފައިވާ ލިޔުން.
  •  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  •  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު ކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތު، ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އަދި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް). މިފަދަ ލިޔުމެއްގެ ގޮތުގައި އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ވަޒީފާ ބަޔާނަށް ބަލައި ޕޮއިންޓެއް ނުދެވޭނެއެވެ.

 

އިތުރު އިރުޝާދު

  • ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރާ ލިއުމާއި، ޓްރާންސް ކްރިޕްޓާއި، އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ކޯހެއްކަމާއި، އެކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއި އެކު ހުށަހަޅަންވާނެއެވެ.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 86 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިމަޤާމަށްހޮވޭ މުވައްޒަފު ދާއިމީ ކުރެވޭނީ 03 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެމުވައްޒަފުގެ ޕާރފޯމެންސްއަށް ބެލުމަށްފަހުގައެވެ.
  • މަތީގައިވާ މަޤާމްގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

 

ޕޮއިންޓް ދެވޭ ގޮތް

-  ލިބިފައިވާ ތަޢުލީމާއި ތަމްރީން %30

-  ލިބިފައިވާ ތަޖުރިބާ

-  މަސައްކަތަށް ބޭނުންވާ ހުނަރު

-  ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު %50

 

ސުންގަޑި 

24 ނޮވެމްބަރު 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް ( ތީމުގެ، އާބުރުޒުހިނގުން ) ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

 

18 ނޮވެންބަރު 2019
ހޯދާ