ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (އ.ޑިރެކްޓަރ)

 ވަޒީފާގެ ފުރުޞަތު (އ.ޑިރެކްޓަރ)

 

މަޤާމް:                     އ.ޑިރެކްޓަރ

މަޤާމް ނަންބަރ:              J-229290

ބޭނުންވާ އަދަދު:              01 (އެކެއް)

މަޤާމުގެ ގިންތި:              ދާއިމީ

މަޤާމުގެ ރޭންކް:              އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:         ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 01

ސެކްޝަން:                  އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަން

މަޤާމް އޮތް އޮފީސް:           ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ

ވަޒީފާއަދާކުރަންޖެހޭ ތަން:       ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ

މަޤާމުގެ މުސާރަ:             މަހަކު 7035.00 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސަރވިސް އެލަވަންސް:         މަހަކު 2000.00 (ދެހާސް ރުފިޔާ)

ސަޕޯޓިން ކޯ އެލަވަންސް 2:         މަހަކު 900.00 (ނުވަސަތޭކަ ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

  1. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަސްތަކުގައި މަސައްކަތްކުރަން ހަމަޖެހިއްޖެނަމަ ބަންދުދުވަސްތަކުގެ ފައިސާ ދެވޭނެއެވެ.
  2. މީގެ އިތުރުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސުލުން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ/ފެންވަރު ނުވަތަ ޝަރުތު:  

1- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮކެޓް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

2- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮކެޓް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

3- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮކެޓް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ކައުންސިލްގެ އިދާރާގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަން ހިންގުމާއިބެހޭ އެންމެހާ ކަންތައްތައް ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން އަދި ދިވެހި ސިވިލް ސަރވިސް ގާނޫނާއި ޤަވާއިދާއި ޚިލާފުނުވާ ގޮތުގެ މަތިން ކައުންސިލާއި، ޒިންމާދާރު ވެރިޔާގެ މަޝްވަރާއާއެކު ރައްޔިތުންނަށް އެންމެ ފައިދާއާއި، މަސްލަހަތުހުރި ގޮތެއްގެ މަތިން ނަޒާހަތްތެރިކަމާއެކު ރާވައިހިންގުމާއި، ރަށުކައުންސިލުންދޭ ރަށްވެހިކަމުގެ ޚިދުމަތާއި، އިޖުތިމާޢީ، އިޤްތިސާދީ އަދި ތަރައްގީގެ ކަންކަން ހިންގައި ބެލެހެއްޓުން.
  2. ރަށުކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް މަސައްކަތްތައް މުވައްޒަފުންލައްވާ ކުރުވުމާއި، ސުޕަވައިޒަރުންގެ މަސައްކަތް ބަލައި ކައުންސިލަށާއި ޒިންމާދާރު ވެރިޔާއަށް ޖަވާބުދާރީވުން.
  3. ކައުންސިލްގެ އިދާރާގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓްގެ މަސައްކަތްތައް ބެލެހެއްޓުމާއި، ކައުންސިލް ކުރިއެރުވުމަށް ރާއްވަވާ ޕްރޮޖެކްޓްތަކާއި، ޕްލޭންތައް އެކަށައެޅުމަށް އެހީތެރިވެދިނުން.
  4. އިޤްތިސާދީ. އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި، ފަޅުފަޅާއި އަދި އެނޫންވެސް ވަސީލަތްތައް ހޯދުމާއި އެފަދަ ތަންތަން ކައުންސިލްގެ ނަމުގައި މިލްކު ކުރުމާއިބެހޭ އެންމެހާ ކަންކަން ހިންގައި ބެލެހެއްޓުން.
  5. ސަރުކާރުގެ އެކި މުވައްސަސާތަކަށް ބޭނުންވާ މަޢުލޫމާތު ހަލުވިކަމާއެކު ފޯރުވައިދިނުމަށް އިދާރާގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓާއި ހަވާލުކުރެވޭ މަސައްކަތްތައް ކުރާނުކުރާގޮތްބަލާ އެކަށީގެންވާ އަވަސް ފުރުސަތެއްގައި ޖަވާބުދާރީވުން.
  6. ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު އަދި ކަށުނަމާދުގެ އިމާމުން ހަމަޖެއްސުމާއި، ޖަމާޢަތްތެރިކަމާބެހޭ އެންމެހާ ކަންތައްތައް އެކަމާއިބެހޭ ފަރާތްތަކާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުން.
  7. ކައުންސިލުން އަންގަވާ ގޮތެއްގެމަތިން މިސްކިތްތަކުގެ މަރާމާތުގެ ކަންތައްތަކާއި، އާއްމު ސިއްޙަތާއި ގުޅުންހުރި ކަންތައްތައް އެކަމާއިބެހޭ ފަރާތްތަކާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުން.
  8. ރަށުގެ ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކަށް މީހުން ހޭލުންތެރިކަން އިތުރުކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ރައްޔިތުންނަށް ފޯރުވައިދިނުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  9. މީގެ އިތުރުންވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ގުޅިގެން ކައުންސިލްގެ ރައީސް/ޒިންމާދާރުވެރިޔާ ޙަވާލުކުރާ މަސައްކަތް ކުރުން.     

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު  
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް               
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަ ކުރި ކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

  1. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،އެސެޓްފިކެޓްގެ ކޮޕީ
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ  10  ޑިސެމްބަރ 2019 އަންގާރަ ދުވަހުގެ 13:00ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާއަށެވެ.

 

ޝޯޓް ލިސްޓްކުރުން: 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ  ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަރވިއުކުރުން.

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުތު ފުރިހަމަވާ ފަރާތްތަކާއި އެވެ.
  • އިންޓަރވިއު ކުރުން އޮންނަ ތާރީޙާއި ވަގުތު އިންޓަރވިއުއަށް ހޮވޭ ފާރާތްތަކަށް ކައުންސިލް އިދާރާއިން އަންގަނެއެވެ.
  •  އިންޓަރވިއު އޮންނާނީ ގައްދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މަޢުލޫމާތު:

           މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6840003 ނަންބަރ ފޯނާއެވެ.

އެހެނިހެން ކަންތައްތައް:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެއެވެ.

މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        18 ނޮވެމްބަރ 2019

 

 

 

                                                           

18 ނޮވެންބަރު 2019
ހޯދާ