މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ.ފީވަކު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

 

ށ.ފީވަކު މެޖިސްޓްރޭޓް ކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ 01 ޖަނަވަރީ 2020 އިން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް ށ.ފީވަކު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 21 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 13:00 އަށް ށ.ފީވަކު މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ނޮވެމްބަރ 2019 ދުވަހުގެ 13:00 އަށް ށ.ފީވަކު މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރެޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.

               އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ށ.ފީވަކު މެޖިސްޓްރޭޓް ކޯޓުގެ ފޯނު ނަންބަރު 6540664 އާއި ގުޅުއްވުން އެދެމެވެ.

21 ރަބީޢުލްއައްވަލް 1440 

18 ނޮވެންބަރ 2019

18 ނޮވެންބަރު 2019
ހޯދާ