މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ , Laptop

އިޢުލާން

 

މި އޮތޯރިޓީއަށް ތިރީގައި މި ދަންނަވާ އައިޓީ ހާޑްވެއަރ އާއި ގުޅޭ ތަކެތި ހޯދުމަށް 12 ނޮވެންބަރު 2019 ގައި ކުރި ނަންބަރު IUL)220-AS/1/2019/83)  ފުރަތަމަ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.

 

  • 02 Nos i7 Branded laptop with 240GB or higher SSD

ވީމާ މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

އަންދާސީހިސާބު ހުށަހެޅުން

21 ނޮވެންބަރު 2019

ބުރާސްފަތި

11:00

 

 

އަންދާސީހިސާބު ތައްޔާރު ކުރައްވަން ވާނީ މި އިޢުލާނާއި އެކު އެޓޭޗް ކޮށްފައިވާ މަޢުލޫމާތު ޝީޓަށް ސަމާލުކަން ދެއްވައިގެންނެވެ. މައުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ޓެލެފޯން ނަންބަރު: 3019611, 3339513 އަށް ގުޅުއްވުން އެދެމެވެ.

 

21 ރަބީޢުލްއައްވަލް 1441

 

 

18 ނޮވެންބަރު 2019
ހޯދާ