ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ: ރައްޔިތުންގެ މަޖިލީހުގެ އައު އިމާރާތުގެ 2 އަދި 3 ވަނަ ފަންގިފިލާގައި ވޯކްސްޓޭޝަންތައް ހެދުމާއި އިމާރާތުގެ ކޯ ސްވިޗް އަޕްގްރޭޑް ގްރޭޑްކުރުމުގެ މަސައްކަތްކުރުން

އިޢުލާން

 

އަންދާސީހިސާބު ބޭނުންވެއްޖެ:  ރައްޔިތުންގެ މަޖިލީހުގެ އައު އިމާރާތުގެ 2  އަދި 3 ވަނަ ފަންގިފިލާގައި ވޯކްސްޓޭޝަންތައް ހެދުމާއި އިމާރާތުގެ ކޯ ސްވިޗް އަޕްގްރޭޑް ގްރޭޑްކުރުމުގެ މަސައްކަތްކުރުން

    މި އިދާރާގެ  އިޢުލާން ނަންބަރު: 41 / 2019 / އައި.ޔޫ / ޓީ - 57  (22 ސެޕްޓެމްބަރ 2019) އާ ގުޅިގެން ދީފައިވާ މަޢުލޫމާތާ އެއްގޮތަށް  އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، މަސައްކަތަކުގެ ސްކޯޕް ރިވައިޒްކޮށް އަމިއްލަ ތަކެތީގައި އެ މަސައްކަތް ކޮށްދޭނެ  ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

    ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް  ޙާޟިރުވެ ބިޑް ހުށަހެޅުއްވުމަށް ނަންނޯޓް ކުރެއްވުމަށްފަހު ބިޑް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް، މަސައްކަތް ކުރަންޖެހޭ ތަނުގެ ލޭއައުޓެއްގެ ކޮޕީ ހަވާލުކުރެވޭނެއެވެ.

    މި އިޢުލާނާ ގުޅޭ މުޙިއްމު ސުންގަޑިތައް:

ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރުން

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ރިސެޕްޝަން

18 ނޮވެމްބަރ 2019 އިން 21 ނޮވެމްބަރ 2019 އަށް ކޮންމެ ދުވަހަކު (09:30 އިން 13:00އަށް)

ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ ތެރެއިން ސައިޓް ސަރވޭ ކުރުމަށް އަންނަންޖެހޭ ދުވަސް (ލާޒިމް)

ރައްޔިތުންގެ މަޖިލީހުގެ އިދާރާ

23 ނޮވެމްބަރު 2019 ވަނަ ދުވަހު 11:00  އަށް

ބީލަމާ ގުޅިގެން ސާފުކުރަންޖެހޭ މާއުލޫމާތެއް ވާނަމަ އެ ސުވާލެއް ފޮނުއްވުން

[email protected],

23 ނޮވެމްބަރު 2019 ގެ 15:00ގެ ނިޔަލަށް

ބިޑް ހުށަހެޅުން

ރައްޔިތުންގެ މަޖިލީހުގެ އިދާރާ

26 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހު 11:00 އަށް

17 ނޮވެންބަރު 2019
ހޯދާ