ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. މަޑަވެލި ވޭސްޓްމެނޭޖްމެންޓް ސެންޓަރ ކޮންޓްރެކްޓް އުޞޫލުން ހިންގާ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

މަޑަވެލި ވޭސްޓްމެނޭޖްމެންޓް ސެންޓަރ ކޮންޓްރެކްޓް އުޞޫލުން ހިންގާ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރ:         IUL)416-ESMSPR/416/2019/104) އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުވެފައިނުވާތީ، އަލުން 2 ވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

   މަޑަވެލީ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ރަށުގެ އެކިތަންތަނުން (ގޭބީސީތަކާއި، ވިޔަފާރިކުރާ ތަންތަނާއި، އޮފީސްތަކާއި، އެހެނިހެން ތަންތަނުން) ކުނިނަގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޖަމާކޮށް، ކުނިމެނޭޖްކުރުމާއި، ވޭސްޓްމެނޭޖްމަންޓް ސެންޓަރ ކޮންޓްރެކްޓް އުޞޫލުން ހިންގާ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

   ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަވްޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށް ކަނޑަ އެޅިފައިވާ ތާރީޚާއި ގަޑިއަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާއަށް ޙާޟިރުނުވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިގަނެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.

ތަން

ވަގުތު

ދުވަސް

ތާރީޚް

 

މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

11:00

ބުރާސްފަތި

21 ނޮވެމްބަރ 2019

މަޢުލޫމާތު ދިނުން

މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

11:00

ހޯމަ

25 ނޮވެމްބަރ 2019

ބީލަން ހުށަހެޅުން

  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ނޮވެންބަރު 2019
ހޯދާ