ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ފަށާކޯސްތައް

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާއި، މަރުކަޒުގެ ގޮފިތަކުގައި 2020 ވަނަ އަހަރުގެ ފުރަތަމަ  ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 

ޤިރާއަތު ސެޓްފިކެޓް 1

 

ޝަރުޠު:        1- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )

2- ޢުމުރުން 16 އަހަރު ފުރިފައިވުން.

3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  8 ހަފްތާ

ޖާގަ:         60 ޖާގަ

 

  • މިކޯސް ހިންގުމަށް ހަމަޖެހިފައިވާ މަރްކަޒްތައް: މާލެ، ހުޅުމާލޭގެ އިތުރުން ހއ. ދިއްދޫ، ހއ. ހޯރަފުށި، ހއ. އުތީމު، ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ރ. އަލިފުށި، ރ. ހުޅުދުއްފާރު، ރ. އުނގޫފާރު ބ. އޭދަފުށި، އދ. މަހިބަދޫ،       ފ. ފީއަލި، ދ. ކުޑަހުވަދޫ، ތ. ވިލުފުށި، ލ. ފޮނަދޫ، ލ. ގަން، ލ. ކަލައިދޫ، ގއ. ވިލިނގިލި، ގއ. މާމެންދޫ،       ގއ. ކޮލަމާފުށި، ގއ. ދާންދޫ، ގދ. ގައްދޫ، ޏ. ފުވައްމުލަކުގައި ހުންނަ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފި.

 

ޤިރާއަތު ސެޓްފިކެޓް 2

ޝަރުޠު:        1- ޤިރާއަތު ސެޓްފިކެޓް 1 ހަދައި ފާސްވެފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  1 ސެމިސްޓަރ

ޖާގަ:         60 ޖާގަ

  • މިކޯސް ހިންގުމަށް ހަމަޖެހިފައިވާ މަރްކަޒްތައް: މާލެ، ހުޅުމާލޭގެ އިތުރުން ހއ. ދިއްދޫ، ހއ. ހޯރަފުށި، ހއ. އުތީމު، ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ރ. އަލިފުށި، ރ. ހުޅުދުއްފާރު، ރ. އުނގޫފާރު ބ. އޭދަފުށި، އދ. މަހިބަދޫ،       ދ. ކުޑަހުވަދޫ، ތ. ވިލުފުށި، ލ. ފޮނަދޫ، ލ. ގަން، ގއ. ވިލިނގިލި، ގއ. މާމެންދޫ، ގއ. ކޮލަމާފުށި، ގއ. ދާންދޫ، ގދ. ގައްދޫ، ޏ. ފުވައްމުލަކުގައި ހުންނަ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފި.

 

ޤިރާއަތު ސެޓްފިކެޓް 3

ޝަރުޠު:        1- ޤިރާއަތު ސެޓްފިކެޓް 2 ހަދައި ފާސްވެފައިވުން

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  2 ސެމިސްޓަރ

ޖާގަ:         60 ޖާގަ

 

  • މިކޯސް ހިންގުމަށް ހަމަޖެހިފައިވާ މަރްކަޒްތައް: މާލެ، ހުޅުމާލޭގެ އިތުރުން ހއ. ދިއްދޫ، ހއ. ހޯރަފުށި، ހއ. އުތީމު، ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ރ. އަލިފުށި، ރ. ހުޅުދުއްފާރު، ބ. އޭދަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ،      ލ. ފޮނަދޫ، ލ. ގަން، ގއ. ވިލިނގިލި، ޏ. ފުވައްމުލަކުގައި ހުންނަ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފި.

 

ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް

ޝަރުޠު:        1- ޤިރާއަތު ސެޓްފިކެޓް 3 ހަދައި ފާސްވެފައިވުން

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:         2 ސެމިސްޓަރ

ޖާގަ:         60 ޖާގަ

 

  • މިކޯސް ހިންގުމަށް ހަމަޖެހިފައިވާ މަރްކަޒްތައް:  މާލެ، ހުޅުމާލޭގެ އިތުރުން ބ. އޭދަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ލ. ގަން،ގއ. ވިލިނގިލި، ޏ. ފުވައްމުލަކުގައި ހުންނަ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފި.

ޢަރަބި ބަހުގެ ޑިޕްލޮމާ

ޝަރުޠު:        1-  މަރްކަޒުން ޤަބޫލު ކުރާ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު: 4 ސެމިސްޓަރ

ޖާގަ:         60 ޖާގަ

  • މިކޯސް ހިންގުމަށް ހަމަޖެހިފައިވާ މަރްކަޒް : މާލެ

        ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 2019 ނޮވެމްބަރ 17 ވާ އާދީއްތަ ދުވަހުން ފެށިގެން މި މަރުކަޒުންނާއި، މަރުކަޒުގެ ގޮފިތަކުން ދޫކުރަމުން ގެންދާނެއެވެ. އަދި މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2019 ޑިސެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ހުށަހެޅުން އެދެމެވެ.

 

  • މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކަށް ބާއްވާ ބަސްދީގަތުން  2019 ޑިސެމްބަރ 22 ވާ އާދީއްތަ ދުވަހުން ފެށިގެން އޮންނާނެއެވެ.
14 ނޮވެންބަރު 2019
ހޯދާ