މަތިވެރި ސްކޫލް
ދިވެހިރާއްޖެ
2020 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. 2020 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ނޮވެންބަރު 14 އިން 2019 ނޮވެންބަރު 24 އަށް ބަންދުނޫން ކޮންމެ ދުވަހަކު 6:30 އިން 12:30 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެންބަރު 24 ވާ އާދީއްތަ ދުވަހުގެ 12:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ނޮވެންބަރު 25 ވާ ހޯމަ ދުވަހުގެ 10:00 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ.
  5. ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 04 ވާ ބުދަ ދުވަހުގެ 10:00 ގައި މިސްކޫލުގެ އިދާރާގައެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަތިވެރި ސްކޫލް

އއ. މަތިވެރި

މޮބައިލް: 9703070، 9779300

ފޯން: 6660816

އީމެއިލް: [email protected]

ކޮޕީ އީމެއިލް: [email protected]

17 ރަބީޢުލްއައްވަލް 1441

14 ނޮވެންބަރު 2019

14 ނޮވެންބަރު 2019
ހޯދާ