ވަންދޫ މަދަރުސާ/ ތ.ވަންދޫ
ދިވެހިރާއްޖެ
މި ސްކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

`

 

 

 

 

ވަންދޫސްކޫލް

   ތ.ވަންދޫ، ދިވެހިރާއްޖެ 

ތާރީޚް:  14 ނޮވެމްބަރ 2019                                     GS179/IUL/2019/18   ނަންބަރު:

 

                                    އިޢުލާނު                                                

 

މި ސްކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

 

         2020 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށްހިފަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ..

މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. އަދި އަންދާސީ ހިސާބުތައް ހުށައަޅުއްވާ ދުވަހު އަންދާސީ ހިސާބުގައިވާ ކަންތައްތައް ބަލައި ޗެކް ކުރުމަށް އަންދާސީ ހިސާބު ހުށައަޅާފައިވާ ގޭގެއަށް ދެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީ ހިސާބުގައިވާ ކަންތައްތައް ހަމަނުވާނަމަ އެ ކަންތައްތަކަށް ޕޮއިންޓް ނުދެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

17 ރަބީއުލްއައްވަލް 1441

14 ނޮވެމްބަރ 2019

14 ނޮވެންބަރު 2019
ހޯދާ