މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތަށް ހުޅުވާލުން

ފުރަތަމަ ކޮށްފައިވާ އިއުލާނަށް ((IUL)438-ENV/438/2019/141) އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިއުލާން ބާތިލުކޮށް،  އެއިއުލާނުގައިވާ "ޓާރމްސް އޮފް ރެފަރެންސް" (TOR)  އަށް ބަދަލުގެނައުމަށްފަހު، އަލުން އިއުލާން  ކުރަމެވެ.

 

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްކަމުގައިވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރގެ ދަށުން 2020 ގެ ނިޔަލަށް އެޗް.ސީ.އެފް.ސީ ބޭނުން ކުރުން ހުއްޓާލުމަށް ޤައުމީ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ އެޗްސީއެފްސީ ގޭހުގެ ބަދަލުގައި ބޭނުންކުރާ ފްލޭމަބަލް ރެފްރިޖަރެންޓް ތައް ބޭނުންކުރާއިރު އަމަލު ކުރާނެގޮތުގެ އަތްމަތީ ފޮތް ދިވެހި ބަހަށް ތަރުޖަމާކުރުމަށާއި، ކަސްޓަމްސް ޕޯރޓް ސަރަހައްދުގައި ރެފްރިޖަރެންޓް ސިލިންޑަރތައް ކްލިއަރ ކުރުމުގައި ގެންގުޅޭނެ ސަލާމަތީ ގޮތްތަކުގެ މައުލޫމާތު ޝީޓެއް  އެކުލަވާލާނޭ ފަރާތެއް  ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުތުހަމަވާ ފަރާތްތަކުން 1 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 11:00ގެ ކުރިން، ތަޢުލީމީ ފެންވަރާއި މި މަސައްކަތާއި ގުޅުންހުރި މަސައްކަތް ކުރުމުގެ ތަޖުރިބާ އާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަންތަށް ހުޅުވާނީ 1 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 11:00 ޖަހާ އިރު އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ހާޒިރީގައެވެ.

 

މިމަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށް : 

3018359

[email protected]

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ފޯން: 3018300/3018359

ފެކްސް: 3018301

ވެބްސައިޓް: www.environment.gov.mv

13 ނޮވެންބަރު 2019
ހޯދާ