ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ފުވައްމުލަކު މާލެގަން އަވަށު ރިޝްތާ ގޯއްޗާއި ޒިތާ ގޯއްޗާއި ދެމެދު އޮތް ހުސްބިމުގައި ހުރި ނަންބަރު 01 ޖަހާފައިވާ ރުއްގަހުގެ މިލްކުވެރިފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މި ރުއްގަހުގެ މިލްކުވެރިފަރާތެއް ވާނަމަ 21 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ ރުކަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުކެއްކަން އެނގޭނެ ލިޔުމެއް ނުވަތަ ރުކުގެ މިލްކުވެރިކަން ސާބިތުކޮށްފައިވާ ކަމުގެ ޝަރުޢީ ލިޔުމާއިއެކު ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަން(ކުރީގެ ފުވައްމުލަކު އޮފީސް ހުރި ޢިމާރަތް) އަށް ހުށަހެޅުއްވުން އެދެމެވެ.

13 ނޮވެންބަރު 2019
ހޯދާ