ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޤާނޫނުލް ޢުޤޫބާތަށް އަހުލުވެރިކުރުމުގެ ސެމިނާރު" އަދި "ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރި ކުރުވުމުގެ ސެމިނާރު"ގެ ކޭޓަރިންގެކަންކަން މެނޭޖްކޮށް، އެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމާގުޅޭ

"ޤާނޫނުލް ޢުޤޫބާތަށް އަހުލުވެރިކުރުމުގެ ސެމިނާރު" އަދި "ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރި ކުރުވުމުގެ ސެމިނާރު"ގެ ކޭޓަރިންގެކަންކަން މެނޭޖްކޮށް، އެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމާގުޅޭ

ޖުޑީޝަލް އެކެޑަމީ އިން "ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާ ބެހޭ ޤަޟާއީ ސެމިނާރު" އަދި "ޖިނާއީ އިޖުރާއާތާ ބެހޭ ޤަޟާއީ ސެމިނާރު" ގއ.ވިލިގިލިގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، ސެމިނާރުގެ ބައިވެރިންނަށް ކޭޓަރިންގ ގެ ކަންކަން މެނޭޖްކޮށްދީ، އެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ނޮވެންބަރު 19 ވާ އަންގާރަ ދުވަހުގެ 11:00 އަށް ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ނޮވެންބަރު 23 ވާ ހޮނިހިރު ދުވަހުގެ 11:00 އަށް ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށްހަމަޖެހިފައިވާ ދުވަހު ގަޑިއަށްހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ނޮވެންބަރު 2019
ހޯދާ