ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މަސައްކަތު (ކޮންޓްރެކްޓް)

އިޢުލާން

                   މިރަށު މަސްޖިދުލް އިޚްލާސްއަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ތިރީގައިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއްޖެއެވެ.  

މަޤާމް

މިސްކިތު މަސައްކަތު (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު

02 (ދޭއް)

މުއްދަތު

01 (އެކެއް) އަހަރު 

މަޤާމް އޮތް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ

ޔުނިޓް

މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގެ މިސްކިތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ކައުންސިލް އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ޙަވާލުކުރެވޭ މިސްކިތުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ކޮންމެ ނަމާދު ވަގުތެއްގައި ކައުންސިލް އިދާރާއިން ރާވާ ގޮތެއްގެ މަތިން މިސްކިތަށްގޮސް މިސްކިތާއި މިސްކިތު ގޯތިތެރެ ފޮޅާސާފުކޮށް، ފާޚާނާއާއި، އިސްކުރުބަރިއާއި، ވަޅުދޮށްސާފުކުރުން.
  3. މިސްކިތް ފޮޅާސާފުކޮށް ވަޅުދިޔަހިއްކާ މިސްކިތާބެހޭ ހުރިހާ ކަމެއް ކުރުން މީގެ އިތުރުން ފެންތާނގީތައް ސާފުކުރަންޖެހޭ ޙާލަތުގައި ސާފުކޮށް ވާރޭފެން ތާނގީތަކަށް ފެންނެގުން.
  4. ފާޚާނާއާއި، އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަންދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތިތެރެއާއި، މިސްކިތާ އިންވެގެން ހުންނަ މަގުތަކުގައި ހުންނަ ވިނަ ނޮޅާ، ކުނިކެހުމާއި ކުނިއުކާލުން ފަދަ މަސައްކަތް ކުރުން
  5. ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ދޮރާއި ދޮރުފަތްތައް، ހޮޅިބުރި، ފަންކާ،އަދި ކަބަޑުތައް ފޮޅާ ސާފުކުރުން.
  6. މިސްކިތްތަކަށް ލިބެމުންދާގެއްލުންތައް ޤަވާޢިދުން މުދިމް/އިމާމު އަށާއި ކައުންސިލް އިދާރާއަށް އަންގަމުން ގެންދިއުން.
  7. ކައުންސިލް އިދާރާއާއި މުދިމުން ހަމަޖައްސަވާ ގޮތެއްގެމަތިން މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  8. މީގެ އިތުރުންވެސް މިސްކިތާއި ގުޅިގެން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
  9. ރަށުކައުންސިލް އިދާރާއިން ރާވާ ހިންގާ އިޖުތިމާޢީ ޙަރަކާތްތަކުގައާއި ކައުންސިލްގެ އިދާރާއިން ކުއްލި ޙާލަތުގައި ކުރަންޖެހޭ ކަންކަން ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވުން.

 

 

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

މަސައްކަތު

އެސް.އެސް1

ސަޕޯރޓް ސަރވިސް ގްރޭޑް 1

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް

45.00 ރުފިޔާގެ ރޭޓުން މަހަކު 150ގަޑިއިރަށްވާ ފައިސާ

ނެތް

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުކުރުން  އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ކަނޑައަޅާ ތަނެއްގައި މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެއެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި ތަން ކަނޑައެޅުމަށްފަހު ލިޔުމުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމުތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ނުވަތަ ވާޖިބުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ.)

  1. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމުތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ނުވަތަ ވާޖިބުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2019 ނޮވެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ޒިންމާދާރުވެރިޔާ / އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އަޒްމީން (ފޯން: 7793060، 6500012) ނުވަތަ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް ތަސްލީމް އަޙްމަދު (ފޯން: 9502929) އާއި ގުޅުއްވުން އެދެމެވެ.  

             

                   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   09 ރަބީޢުލްއައްވަލް 1441

                   06 ނޮވެމްބަރ    2019

06 ނޮވެންބަރު 2019
ހޯދާ