މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

މަޤާމް:               ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:         317708

 ބޭނުންވާ ޢަދަދު:         1

ގިންތި:               ދާއިމީ

ރޭންކް:               އީ.އެކްސް.5

މަޤާމުގެ ކްލެސިފިކޭޝަން:     ޑިރެކްޓަރ ޖެނެރަލް   

އޮފީސް:              މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް  އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:       ފިޝަރީޒް ޑިޕާރޓްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:    މިނިސްޓްރީ/މާލެ

މުސާރ:               -/13890 ރުފިޔާ

ސަރވިސް އެލަވަންސް:      -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:   މުސާރައިގެ %35

ޓެކްނިކަލް ކޯ އެލަވަންސް:     މުސާރައިގެ %28 ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ސަޕޯރޓިން ކޯ އެލަވަސްގެ ގޮތުގައި -/1500 ރުފިޔާ ލިބޭނެއެވެ.

                     

އިތުރު ޢިނާޔަތްތައް

 1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 2. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

 މަޤާމުގެ ޝަރުތު        

1-      ފިޝަރީޒް ދާއިރާއަކުން ނުވަތަ މެރިން ސައިންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 

2-      ފިޝަރީޒް ދާއިރާއަކުން ނުވަތަ މެރިން ސައިންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާތައް 

 • ފިޝަރީޒް

 

ތަޢުލީމީ ރޮނގުތައް

 • ފިޝަރީޒް
 • މެރިން ސައިންސް

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 •  މަސްވެރިކަމުގެ ޤާނޫނަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިޔާސަތުތައް ރާވާ ހިންގުން، އަދި މި މަސައްކަތުގައި މިނިސްޓަރަށާއި ޕާމަނަންޓް ސެކްރެޓަރީ އަށް ބޭނުންވާ އިރުސާދާއި ލަފާދިނުން.
 • ފިޝަރީޒް ޑިޕާޓްމެންޓްގެ ދަށުން ހިންގާ އެންމެހައި މަސައްކަތްތައް ޑިޕާޓްމަންޓްގެ އެކިއެކި ސެކްޝަނަތަކާއި ޙަވާލުކޮށްގެން ހިންގާ ބެލެހެއްޓުމާއި އެސެކްޝަންތަކުގެ ވެރިންގެ މަސައްކަތްތައް ސްޕަވައިޒްކުރުން.
 • ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަން  މެނޭޖްކުރުމަށްޓަކައި ކުރަންޖެހޭ  އެންމެހައި މަސައްކަތްތައް ރާވާ ހިންގުން
 • މަސްވެރިކަމާއި ގުޅުންހުރި ތަމްރީނާއި ދިރާސާ ކުރުމަށް ކުރަންޖެހޭ އެންމެހަ ކަންތައްތައް ރާވާ ހިންގުން.
 • މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
 • މަސްވެރިކަމާއި ގުޅުންހުރި އިންޓަރނޭޝަނަލް އޯރގަނައިޒޭޝަން ތަކުގެ މަސައްކަތްތައް ޕްލޭނިންގ ސެކްޝަނާއި ގުޅިގެން ކުރުން އަދި މަސްވެރިކަމާއި ގުޅުންހުރި އެކިއެކި އިންޓަރނޭޝަނަލް ލީގަލް އިންސްޓްރުމަންޓްސްތައް ތަންފީޒުކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ބަލައި ކަމާގުޅޭ ސެކްޝަންތަކާއިއެކު އެމަސައްކަތްތައް ވިލަރެސްކޮށް ހިންގުން.
 • ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވާ ހިންގުން.
 • މަސްވެރިކަމުގެ ތަފާސް ހިސާބު އެއްކުރުމުގެ މަސައްކަތް އިންތިޒާމްކުރުމާއި އެކަމާއިގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން.
 • މަސްވެރިކަމާއި ގުޅިގެން ރާއްޖއިން ބޭރުގެ ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް އެކުލަވާލައި ރިޕޯޓްތައް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.
 • މަސްވެރިކަމާގުޅޭ ގޮތުން ބައިނަލް އަޤްވާމީ މުޖުތަމަޢުތައި ރާއްޖެ ތަމްސީލް ކުރުން.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

- ޤާބިލްކަން ބެލުމަށް ކުރެވޭ އިންޓަރވިއުއާއި އިމްތިހާން

 

މި މަގާމަށް މީހަކު ހޮވުމުގައި ބާއްވާ އިންޓަރވިއު

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެޒެންޓޭޝަން، އަދި އިމްތިހާނު ކުރުން ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް:

4-      ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ)    މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމަކާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ.

6-     ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7-     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8-    މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ)    ދައުލަތު މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)    އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2019 ނޮވެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

                                 10   ރަބީއުލްޢައްވަލް  1441

07 ނޮވެންބަރު 2019
ހޯދާ