ދިވެހިރާއްޖެ
ޤައުމީ ކުތުބުޚާނާގެ ފަރާތުން ލައިބްރަރީ ދާއިރާ ތަރައްޤީކޮށް ކުރިއެރުމަށްޓަކައި މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިތަމްރީންގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެބޭފުޅެއްގެ ވަނަވަރު ޤައުމީ ކުތުބުޚާނާގެ ޓްރެއިނިންގ މެއިލްއަށް([email protected]) 14 ނޮވެމްބަރ 2019 ގެ 14:00 ކުރިން މެއިލްކުރެއްވުން އެދެމެވެ.
| 
 ތަމްރީނުދެވޭ ދާއިރާ:  | 
 ފަންޑަމެންޓަލްސް އިން ލައިބްރަރީ ސަރވިސް  | 
| 
 އަމާޒުކުރެވިފައިވާ ފަރާތްތައް:  | 
 ލައިބްރަރީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް (ޚާއްސަކޮށް ލައިބްރަރީ ހިންގުމުގައި ޢަމަލީގޮތުން މަސައްކަތްކުރައްވާ ފަރާތްތަކަށް) މީގެ އިތުރުން މި ދާއިރާއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް  | 
| 
 ތަން:  | 
 ޤައުމީ ކުތުބުޚާނާގެ އިންސްޓިޓިއުޓް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް  | 
| 
 މުއްދަތު:  | 
 މުއްދަތު: 17 ނޮވެމްބަރ 2019 އިން 05 ޑިސެމްބަރ 2019 އަށް  | 
| 
 ވަގުތު:  | 
 08:30 އިން 14:00 އަށް  | 
| 
 ޖާގަ:  | 
 20  | 
މި ތަމްރީން ޕްރޮގްރާމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ލައިބްރޭރިއަން ޒުލްހާނާ އާދަމް (3007282) އަށެވެ.
09 ރަބީޢުލްއައްވަލް 1441
