މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
20 ސްމާރޓް ފޯނު ގަތުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު.

ޕްރޮޖެކްޓް ނަމްބަރ:  PC-171/2019/W-L160

  1. މި ސަރވިސްގެ ބޭނުމަށް 20 ސްމާރޓް ފޯނު ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސަރވިސްގެ 171-I2(b)/IUL/2019/115 ނަމްބަރ އިއުލާނާއި ގުޅިގެން އެކަށީގެންވާ ޕްރޮޕޯސަލެއް ހުށަހެޅިފައި ނުވާތީ، ދެންނެވިފައިވާ އިއުލާން ބާތިލްކޮށް ، މި އަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މި ކަމަށް ޝައުޤްވެރިވެލައްވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކޮށް އަދި : [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަމްބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.

   3. މި ބީލަމުގައި ރަޖިސްޓްރީ ވެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްގައި ކުދި އަދި މެދު ފަންތީގެ ވިޔަވާރީގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

   4. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 7 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ގެ 16:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ 

   5. ޕްރީބިޑް އޮންނާނީ ތިރީގައި ބަޔާންކޮށްފައިވާ ވަގުތާއި ތާރީހުގައި މި ސަރވިސްގެ އިސްކަންދަރު ބިލްޑިންގ 01  ގައެވެ.

   ތާރީޚް:   _

   ގަޑި:    _

  6. ބީލަން ހުޅުވުން އޮންނާނީ 14 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މި ސަރވިސްގެ އިސްކަންދަރު ބިލްޑިންގ 01 ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  7. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

  8. މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މައުލޫމާތު ކަރުދާސްތައް ބިޑް ރެޖިސްޓްރޭޝަން ސްލިޕާއި އެކު މެެއިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.

  9. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާލެއް ވާނަމަ 12 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާށެއެވެ.

  10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން  ލިބިވަޑައިގަންނަވާނެއެވެ.

   ޕްރޮކިއުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޔުނިޓް

   މޯލްޑިވްސް ޕޮލިސް ސަރވިސް

   އަމީނީމަގު ، މާލެ، ދިވެހިރާއްޖެ

   ފޯން: +960 979 0052

   އީ-މެއިލް: [email protected]

   ކޮޕީ: [email protected]

06 ނޮވެމްބަރ 2019

Bid Registration Form ބީލަމުގައި ރަޖިސްޓަރީވާ ފޯމް |

 

We confirm that we have read and understood the bid documents under RFP number given below and hereby register to this bid.

ތިރީގައިވާ އިޢުލާންގެ ދަށުން ލިބިފައިވާ ބީލަމުގެ ލިއެކިއުންތަށް ކިޔައި ކަށަވަރުކޮށް މިބީލަމުގައި ނަން ނޯޓުކުރަމެވެ.

 

Project Number

ޕްރޮޖެކްޓް ނަމްބަރު

 

 

RFP number

އިޢުލާން ނަމްބަރު

 

 

 

 

REPRESENTATIVE INFORMATION

ވިޔަފާރި ތަމްސީލުކުރާ ފަރާތުގެ މައުލޫމާތު

 

First Name

ފުރަތަމަ ނަން

 

 

 

NID card number

ދ.ރ.އ.ކ ނަމްބަރު

 

 

 

Last Name

ފަހު ނަން

 

 

 

Contact Number

ފޯން ނަމްބަރު

 

 

 

Email

އީމެއިލް

 

 

 

 

 

 

BUSINESS | PERSONAL REGISTERING TO THE BID

ބިޑުގައި ރަޖިސްޓްރީކުރާ ވިޔަފާރި | އާއްމު ފަރާތުގެ މައުލޫމާތު

 

Name & Registration | ID Card Number

ނަން  އަދި ވިޔަފާރި ރަޖިސްޓްރީ | އައި.ޑީ ކާޑު ނަމްބަރު

 

 

 

 

 

This document is produced electronically and therefore does not require a signature.

 

     

 

 

Please send the completed form to the email address given in the RFP and collect the registration number. Bid registration will be confirmed once you receive the registration number.

ބީލަން ރަޖިސްޓަރ ފޯމް ފުރުމަށްފަހު އިޢުލާނުގައި ބަޔާންކޮށްފައިވާ އީމެއިލްއަށް ފޮނުއްވައި ރަޖިސްޓްރީ ނަމްބަރު ހޯދުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ބަލަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުންނެވެ.

 

 

 

06 ނޮވެންބަރު 2019
ހޯދާ