މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (93/4)ގެ ދަށުން ޙިމާޔަތް ކުރެވިފައިވާ 103 ދޫނި ހިމެނޭ 5000 ޕޯސްޓަރ ސެޓު ޗާޕުކުރުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މި މިނިސްޓްރީ ގެ ނަންބަރު (IUL)438-ENV/438/2019/298 (14 އޮކްޓޯބަރ 2019) އިޢުލާނާގެ ޓާރްމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރް) އިސްލާހް ކުރުމަށްފަހު މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (93/4)ގެ ދަށުން ޙިމާޔަތް ކުރެވިފައިވާ 103 ދޫނި ހިމެނޭ 5000 ޕޯސްޓަރ ސެޓު ރަނގަޅު ފެންވަރެއްގައި ކުލަކޮށް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތަށް ބޭނުންވާ ޝަރުތުތަކާއި، ޕްރިންޓް ކުރަންޖެހޭ ގޮތުގެ މަޢުލޫމާތު އަދި ހުށަހަޅަންޖެހޭ ތަކެތި މި އިޢުލާނާއެކު ހިމެނިފައިވާ ޓީ.އޯ.އާރް. ގައި ވާނެއެވެ. ޓީ.އޯ.އާރް އަދި  ޕްރިންޓް ކޮލިޓީ ބަޔާންކޮށްދިނުމަށްޓަކައި ސާމްޕަލްގެ ގޮތުގައި ގެންނަންޖެހޭ "(Annex 1)" މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv ޑައުންލޯޑްކުރެވެން ހުންނާނެއެވެ. 

ޕްރީބިޑް ބައްދަލުވުން

މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 07 ނޮވެމްބަރ 2019 ގެ 10:30 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައެވެ. އަދި މަޢުލޫމާތު ސެޝަނަށް ވަޑައިނުގަނެވޭ ފަރާތްތަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮތް ވާހަކަ ދެންނެވީމެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 13 ނޮވެމްބަރ 2019 ގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (93/4)ގެ ދަށުން ޙިމާޔަތް ކުރެވިފައިވާ  103 ދޫނި ހިމެނޭ 5000 ޕޯސްޓަރ ސެޓު ޗާޕުކުރުމަށް

އިޢުލާނުނަންބަރު: (IUL)438-ENV/438/2019/328

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

އިތުރު މައުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  3018357 ނުވަތަ  3018371އަށް ގުޅުއްވުން އެދެމެވެ.

އީމެއިލް: [email protected]

05 ނޮވެންބަރު 2019
ހޯދާ