ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

ތިރީގައމިވާ މަގުތަކާއި ތަންތަނަށް ދަތިވާގޮތަށްހުރި ރުއްގަސް ކަނޑަންބޭނުންވެއެވެ. ދެންނެވުނު ތަންތަނުގައިހުރި ރުއްގަހުގައި ހުންނާނީ މި އިދާރާއިން ނަންބަރުޖަހާފައެވެ.

 

ރުއްގަސް ހުރި ސަރަޙައްދު

ނަންބަރު ޖަހާފައިވާ ދަވާދުގެ ކުލަ އަދި ޢަދަދު

  • ނާދީހިޔާގެ އިރުމަތި ފަރާތް (ގޯއްޗަށް ދަތިވާ ރުއް)

ފެހި ކުލައިގެ ދަވާދުން 01 އިން 11 އަށް ނަންބަރުޖަހާފައި

  • ފުޓްސަލް ދަނޑާއި ޕްރީސްކޫލް ދެމެދު އޮންނަ ބަނދަރުމަތީ މަގަށްއަރާ ރުއް

ރަތް ކުލައިގެ ދަވާދުން 01 އިން 32 އަށް ނަންބަރުޖަހާ ބޮޅު އަޅާފައި

 

                  ވީމާ، ދެންނެވިފައިވާ ސަރަޙައްދުތަކުގައި ހުރި ރުއްގަހުގެ ވެރިންނަށް ބަދަލު ދިނުމަށްޓަކައި ވެރިޔެއްވާނަމަ އެއީ ކޮންފަރާތެއްގެ ގަހެއްކަން ނުވަތަ ރުކެއްކަން އެގޭގޮތަށް އެ މަޢުލޫމާތު 10 ނޮވެމްބަރު 2019 ވާ އާދީއްތަ ދުވަހު 14:00 ގެ ނިޔަލަށް ލިޔުމުން ނުވަތަ އިދާރާއަށް ދުރުވެ މަޢުލޫމާތު ދެއްވުން އެދެމެވެ. މި މުއްދަތުގައި ވެރިފަރާތުގެ މަޢުލޫމާތު ނުލިބޭ ރުއްގަހުގެ ވެރިޔަކުނެތް ކަމަށް ބަލައި ބަދަލު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.                                              

                  މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

05 ނޮވެންބަރު 2019
ހޯދާ