ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
03 ނަންބަރު ރުއްގަނޑު ކުއްޔަށް ދޫކުރުން

03 ނަންބަރު ރުއްގަނޑު ކުއްޔަށް ދޫކުރުން

މިއިދާރާގެ ބެލުމުގެ ދަށުގައި އޮތް 3 ނަންބަރު ރުއްގަނޑު މަހުކުލީގެ ގޮތުގައި އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް މީލާދީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާ ގޮތަށް ހަމަޖައްސަފީމެވެ.

މިރުއްގަޑާއި ގުޅޭ އިތުރު ތަފްސީލް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި ، ވެބުސައިޓުން އަދި ގެޒެޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2019 ނޮވެންބަރ 05 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.

ވީމާ، 2019 ނޮވެންބަރު 17 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ  ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބުސައިޓުން www.fncl.gov.mv ޑައުންލޯޑް ކުރެއްވޭނެއެވެ.

 

ނޯޓް: އަންދާސީ ހިސާބު ހުށަހަޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ،އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

 

08  ރަބީއުލްއައްވަލް  1441

05 ނޮވެންބަރު 2019

05 ނޮވެންބަރު 2019
ހޯދާ