ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރެޒެންޓަރ ޕްރޮޑިއުސަރ

މަޤާމް :އެސިސްޓެންޓް ޕްރެޒެންޓަރ ޕްރޮޑިއުސަރ
ބޭނުންވާ އަދަދު :1

 

ވަޒީފާގެ ފުރުޞަތު                      

 

މަޤާމް

އެސިސްޓެންޓް  ޕްރެޒެންޓަރ ޕްރޮޑިއުސަރ

އަސާސީ މުސާރަ

-/5,000 ރުފިޔާ

ސަރވިސް އެލަވަންސް

-/3,000 ރުފިޔާ

މަޤާމުގެ ރޭންކް

ޓީ.ޕީ 9

ބޭނުންވާ ޢަދަދު:

1

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ރޭޑިއޯ ޕްރޮޑަކްޝަން

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

 • މަސައްކަތުގެ ފެންވަރުބަލާ ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

 • ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނަކުން 2 (ދޭއް) މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމާއެކު، 'ސެކްނަޑަރީ ސްކޫލް' އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2(ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން: ނުވަތަ
 • އެސް.އެސް.ސީ އަދި ސާނަވީ އިމްތިހާނުން 3 (ތިނެއް) މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން: ނުވަތަ
 • މަތީ ސާނަވީ އިމްތިހާނަކުން 3(ތިނެއް) މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

 • އުފައްދަންޖެހޭ ޕްރޮގްރާމްތަކުގެ ޕްރޮޕޯސަލް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުށަހަޅާ ފާސްކޮށް، ޕްރޮގްރާމް އުފެއްދުމާއި ޕްރޮގްރާމް ޕްރެޒެންޓްކޮށް ،ޕްރޮގްރާމްތަކަށް އަޑުއެޅުން.
 •  އުފައްދާ ޕްރޮގްރާމްތަކުގެ ކޮންޓެންޓް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ތައްޔާރުކުރުކޮށް  ޕްރޮގްރާމް އުފެއްދުމުގެ އެޕްރޫވަލް ހޯދުން.
 • ޕީއެސްއެމްގެ ރޭޑިއޯ ޗެނަލްތަކުން ވަގުތުން ދުރަށް ފޮނުވާ ރަސްމިއްޔާތުތަކާއި ޙަފްލާތަކުގެ ރަނިންގ ކޮމެންޓްރީ ދިނުން.
 • ޑިޕަރޓްމަންޓުން ބާއްވާ މީޓިންގތަކުގައި ބައިވެރިވުން އަދި ޕްރޮގްރާމް އުފެއްދުމާ ގުޅޭގޮތުން ޚިޔާލާއި މަޝްވަރާދީ ތަނުގެ އުފެދުންތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުން.
 • ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުފައްދާ ޕްރޮގްރާމްތައް ރިވިއު ކުރުމަށްޓަކައި ރިވިއުއަށް ބޭނުންވާ ޕްރޮގްރާމްތަކުގެ ރެކޯޑިންގ ސްޕަވައިރަށް ދިނުން.
 • ޕީ އެސް އެމް، އިޝްތިހާރު އުފެއްދުމާއި ނިއުމީޑިއާ ބޭނުންކޮށްގެން، ޕްރޮގްރާމްތައް އިޝްތިހާރުކުރުމަށް ނިއުމީޑިއާގެ ޕްލެޓްފޯމްތައް ބޭނުންކުރުން

 

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
 • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
 • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި، ތަޢުލީމީ އެކްރެޑިޓެޑް ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
 • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
 • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
 • ޕޮލިސް ރިޕޯޓް
 • ވަޒީފާ އެއްގައި އުޅޭނަމަ ،ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2019 ނޮވެމްބަރ 14 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 އާއި ގުޅުއްވުން އެދެމެވެ.

 

                        05 ރަބީޢުލްއައްވަލް 1441

04 ނޮވެންބަރު 2019
ހޯދާ