ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސަޕޯޓް ސްޓާފް - މެއިންޓެނަންސް

މަޤާމް: ސަޕޯޓް ސްޓާފް  

ޑިޕާޓްމަންޓް: މެއިންޓެނަންސް

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލް

ތަޢުލީމާ ތަޖުރިބާ:

 1. ލިޔަން ކިޔަން އެނގުމާއެކު، މަޤާމުގެ މަސައްކަތް ކުރެވޭފަދަ ޖިސްމާނީ އަދި ނަފްސާނީ ގާބިލްކަން ލިބިފައިވުން. 
 2. މަޤާމާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 1. ހޮސްޕިޓަލުގެ މެޝިނަރީޒްތަކަށް ދިމާވާ ކަރަންޓްގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރުން
 2. ހޮސްޕިޓަލުގެ މެކޭނިކަލް މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިކަން ދިނުން.
 3. މަސައްކަތްކުރުމުގައި ދިމާވާ މައްސަލަތަކާއި ދަތިތައް ވީހާވެސް އަވަހަކަށް ސުޕަވައިޒަރަށް އެންގުން
 4. މަސައްކަތުގެ ދާއިރާގައި ކުރަންޖެހޭ ކަންތައްތައް ކުރަން ހަމަޖެހިފައިވާ ޤަވާޢިދުތަކާއި، އުޞޫލުތަކާއި އެއްގޮތަށް ފަރުވާތެރިކަމާއެކު ކުރުން
 5. ހޮސްޕިޓަލާއި ހޮސްޕިޓަލުން ކުއްޔަށް ހިފާފައިވާ ތަންތަނުގެ މެކޭނިކަލް މަސައްކަތްތައް ކުރުން.
 6. ހޮސްޕިޓަލުގެ މެއިންޓަނަންސްއާއި ބެހޭ މަސައްކަތްތައް މެއިންޓަނަންސް އޮފިސަރ އަންގަވާގޮތެއްގެމަތިން ކުރުން.
 7. ކުރެވޭ މަސައްކަތްތަކުގެ ލޮގް ލިޔެ ބެލެހެއްޓުން.

މުސާރައާއި އިނާޔަތް :

މުސާރަ:                3470.00 ރުފިޔާ

ސަރވިސް އެލަވަންސް:       1000.00 ރުފިޔާ

ރިސްކް އެލަވަންސް:        75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)

އެޓެންޑެންސް އެލަވަންސް:     52.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)

 

ކުރިމަތިލުމުގެ ސުންގަޑި: 12 ނޮވެންބަރ 2019 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

 • ވަޒީފާއަށް އެދޭ ފޯމު.
 • ސީވީ.
 • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
 • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
 • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 • ޕޮލިސް ރިޕޯޓް

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ، 3350118 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

04 ނޮވެންބަރު 2019
ހޯދާ