ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އައި.ޔޫ.އެމް ލ.ފޮނަދޫ ލާރނިންގ ސެންޓަރުގެ 2019 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ހޯދުމަށް

އިޢުލާން

އައި.ޔޫ.އެމް ލާރނިންގ ސެންޓަރުތަކުގެ 2019 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ހޯދުމަށް

އައި.ޔޫ.އެމް ލާރނިންގ ސެންޓަރުތަކުގެ 2019 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށްޓަކައި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:

2

މުސާރަ:

ކޮންމެ ސެޝަނަކަށް -/300 ރުފިޔާ

ޝަރުތު:

 • އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.
 • އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު ރަނގަޅަށް އެނގިފައިވާ މީހެއް ކަމުގައިވުން.
 • އިންވިޖިލޭޓްކުރާ ފަރާތަކީ އެއަހަރެއްގެ އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑު އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައި ހުންނަ މީހެއް ނުވަތަ އިމްތިހާނަށް ދަރިވަރު ތައްޔާރުކޮށްދޭ މީހެއް ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ތަކެތި:

 • އިންވިޖިލޭޓަރުންގެ މަޤާމަށް އެދި ހުށަހަޅާފޯމް. (މި ފޯމް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކައުންޓަރުންނާއި ވެބްސައިޓް (www.ium.edu.mv)، އަދި ފޮނަދޫ ކައުންސިލްގެ އިދާރާ އިން ލިބެން ހުންނާނެއެވެ. އަދި ފޯމްދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށެވެ).
 • ވަނަވަރު (ސީވީ).
 • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީ.
 • ލިބިފައިވާ އެންމެމަތީ ތަޢުލީމް ސެޓްފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހި ކޮޕީ.
 • އެކައުންޓް ނަންބަރު ވެރިފައިކުރާ ސްލިޕް.

ސުންގަޑި

 • ނޯޓް: އިޢުލާންގެ މުއްދަތުގެ ފަހުންވެސް އިންވިޖިލޭޓަރުންގެ ޢަދަދު ހަމަނުވާނަމަ، އިތުރަށް އެފުރުޞަތު ދެވޭނެ ވާހަކަ ދަންނަވަމެވެ.
 • ފުރިހަމަކޮށްފައިވާ އިންވިޖިލޭޓަރުންގެ ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 07 ނޮވެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރީން އައިޔޫއެމް ލާރނިންގް ސެންޓަރ(ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް) ހުށަހެޅުމަށް އެދެމެވެ.
 • އިތުރު މައުލޫމާތު ސާފުކުރުމަށް 3022125 / 3022124 / 3022123 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

އިމްތިޙާނު އޮންނަ މުއްދަތާ ވަގުތު:

 • އިމްތިޙާނު އޮންނާނީ 10 ނޮވެމްބަރު 2019 އިން 25 ނޮވެމްބަރު 2019 އަށް (ހެނދު 9:00 އިން 14:00 އަށް)

ޝުކުރިއްޔާ!

03 ނޮވެންބަރު 2019

03 ނޮވެންބަރު 2019
ހޯދާ