ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ގުޅޭ:
ފުވައްމުލަކު ދަޑިމަގުއަވަށު ރޯޒްވިލާ ކުރިމަތިން ފިނިވާމަގުގެ ހުޅަނގު ފަރާތުގައި އޮތް ހުސްބިމުގައި ހުރި ރުއްގަހުގެ ތެރެއިން 1 އިން 03 އަށް ނަންބަރު ޖަހާފައިވާ ރުއްގަހާއި ރޯޒްވިލާއާއި އިންވެގެން އޮތް ހުސްބިމުގައި ހުރި ރުއްގަހުގެ ތެރެއިން 1 އިން 11 އަށް ނަންބަރު ޖަހާފައިވާ ރުއްގަސް އަދި ދަޑިމަގު އަވަށު ރަށްފުސްގެ ކުރިމަތިން ރަތްވިލާމަގުގެ ހުޅަނގު ފަރާތުގައި އޮތް ހުސްބިމުގައި ހުރި ރުއްގަހުގެ ތެރެއިން 1 އިން 03 އަށް ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރި ފަރާތް ހޯދަން ބޭނުންވެއެވެ.
ވީމާ، މިރުއްގަހުގެ ވެރިފަރާތުން 12 ނޮވެންމަރު 2019 ވާ އަންގާރަ ދުވަހު 12:00 ގެ ކުރިން އެރުއްގަހަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ގަހެއްކަން އެނގޭނެ ލިއުމަކާއިއެކު މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
31 އޮކްޓޫބަރު 2019
ހޯދާ