މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
3 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖެއަށް ބޭނުންވާ ކޮންޓްރޯލް ޑްރަގްސް ރާއްޖެ އެތެރެ ކޮށްދޭނެ ފަރާތެއް ހޯދުމަށް

 އިޢުލާން

 

  3 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖެއަށް ބޭނުންވާ ކޮންޓްރޯލް ޑްރަގްސް ރާއްޖެ އެތެރެ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 31 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަދި 10 ނޮވެމްބަރ 2019 ވާ އާދިއްތަ ދުވަހު ހެނދުނުު 09:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 10 ނޮވެމްބަރ 2019 ވާ އާދިއްތަ ދުވަހު ހެނދުނުު 09:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

03 ރަބީއުލްއައްވަލް 1441

31 އޮކްޓޫބަރު 2019
ހޯދާ