ވާދޫ ސްކޫލް، ރ. ވާދޫ
ދިވެހިރާއްޖެ
ރުއްގަނޑު ކުއްޔަށް ދިނުން

ވާދޫ ސްކޫލު ޕީ.ޓީ.އޭގެ (ޒުވާނުންގެ) ރުއްގަނޑު ކުއްޔަށް ދޫކުރުމާއި ބެހޭ

 
   

 

 

މިސްކޫލު ޕީ.ޓީ.އޭގެ (ޒުވާނުންގެ) ރުއްގަނޑު ބީލަން އުސޫލުން އެންމެ މަތީ އަގެއް ހުށައަޅުއްވާ ފަރާތަކަށް ތިން އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ކުރި މިސްކޫލުގެ ނަންބަރު GS126/2019/IUL23 (22 ސެޕްޓެމްބަރ 2019 ) އިއުލާނަށް  ހުށަހެޅި އަގުތައް ކުޑަ ކަމަށް ފެންނާތީ އެއިއުލާން ބާތިލުކޮށް، އެއް އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ހުޅުވާލަމެވެ.   

ވީމާ، މިކަމަށް ޝައުޤުވެރިވާ  ފަރާތްތަކުން  ނޮވެމްބަރު މަހުގެ 10 ވާ އާދިއްތަ ދުވަހުގެ 11:00 ށް މިސްކޫލަށް ދުރުވެ އަގުބަޔާންކޮށް ސިޓީ ހުށައެޅުއްވުން އެދެމެވެ. އަދި ހުށަހަޅުއްވާ ސިޓީ އުރައިގެ ބޭރުގައި "ޒުވާނުންގެ ރުއްގަނޑު ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. މިކަމަށް އެދި ސިޓީހުށަހަޅުއްވާ ފަރާތްތަކުގެ ސިޓީތައްކެނޑުމަށް ހަމަޖެހިފައިވަނީ ސިޓީ ހުށަހެޅުއްވި ފަރާތްތަކުގެ ހާޟިރުގައެވެ. ސިޓީ ހުށަހަޅާ ފަރާތަކަށް ހާޟިރުވެވެން ނެތް ނަމަ އެފަރާތެއްގެ ބަދަލުގައި އެކަން އަންގައިދޭ ލިޔުމަކާއި އެކު އެހެންފަރާތަކަށް ހާޟިރުވެވިދާނެ ކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ގަޑިޖެހޭ އިރު ހާޟިރުނުވެވޭ ފަރާތްތަކުގެ ސިޓީއާއި، ގަޑިޖެހުމުގެ ފަހުން ހުށައަޅާ ސިޓީތައް ބާތިލް ކުރެވޭނެކަމުގައިވެސް ދެންނެވީމެވެ.                                         

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.                              

30 އޮކްޓޫބަރު 2019
ހޯދާ