މަތިވެރީ ޞިއްޙީ މަރުކަޒު/ އއ. މަތިވެރި
ދިވެހިރާއްޖެ
މި މަރުކަޒުގެ ވޮޗަރުގެ މަގާމަށް މުވައްޒަފަކު ބޭނުން ވެއްޖެ

މި މަރުކަޒުގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހުންނެވެ.

މަޤާމް: 

ވޮޗަރު

މަޤާމްގެ ނަމްބަރ:

J-254256

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 1

މަޤާމްގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ޑިވިޝަން/ ސެކްޝަން

އެޑްމިން

މަޤާމް އޮތް އޮފީސް

އއ. މަތިވެރި ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

އއ. މަތިވެރި ޞިއްޙީމަރުކަޒު

މުސާރަ:

 -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

 -/1000 ރުފިޔާ

ސަޕޯޓިން ކޯ އެލަވަންސް 2

 -/1200 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އަދި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

1. ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި، ވަށައިގެންވާ ސަރަޙައްދު ރަނގަޅަށް ބެލެހެއްޓުން.

2. ކަމާނުބެހޭ މީހުން ބަލިމީހުންގެ ކައިރިއަށް ވަނުން ކޮންޓްރޯލް ކުރުން. އަދި ބަލިމީހާއަށާއި ޑިއުޓީގައި އުޅުއްވާ އެހެން މުވައްޒަފުންނަށް ދަތިނުވާނޭ ގޮތަށް ތަނުގެ މާހައުލު ތަނަވަސް ކުރުމުގައި އެހީތެރިވުން.

3. މަރުކަޒުގެ ޚިދުމަތަށް އެދިގެން އަންނަ މީހުންނަށް ބޭނުންވާ ކަންކަމުގައި ޑިއުޓީގައި ތިއްބަވާ މުވައްޒަފުންގެ އިރުޝާދާ އެއްގޮތަށް އެހީތެރިވެދިނުން.

4. އިމާރާތާއި ގޯއްޗަށް މީހަކު ފުށުން ދީފާނެ ގެއްލުމަކުން ރައްކާތެރިވުމަށް މަގު ފަހިކުރުން.

5. ޞިއްހީމަރުކަޒުގައި ހުންނަ ތަކެތި ނަހަމަ ގޮތުގައި ތަނުން ބޭރަށް ގެންދިޔުމާއި، ތަނުގެ ތަކެތި ފިޔަވާ އެހެން ތަކެތި، ބޭރުން ތަނަށް އެތެރެވިޔަ ނުދިނުން.

6. ވާރޭ ފެންތާނގި ތަކާއި، ފުރާޅުތަކާއި، ދިޔަދޮވިތައް ސާފުކޮށް ބެލެހެއްޓުމާއި، ވިއްސާރަ ވެހޭނަމަ ރައްކާތެރިކަމާއި އެކު ބޯފެންނެގުމުގެ ކަންތައް މުވައްޒަފުންގެ އެހީތެރިކަމާއެކު ކުރުން.

7. ޞިއްޙީމަރުކަޒުގެ ހިފާ ގެންގުޅޭ ތަކެތި (ތަފާތު މަސައްކަތްކުރަން ބޭނުންކުރާ ސާމާނު) ރައްކާތެރިކަމާއެކު ބެލެހެއްޓުން.

8.ޞިއްޙީމަރުކަޒުގެ ބޮކި ފަންކާފަދަ ތަކެއްޗަށް މައްސަލައެއް ޖެހިއްޖެނަމަ އެކަން ކަމާބެހޭ މުވައްޒަފަކަށް ހުށަހަޅައިގެން ޙައްލުކުރުން.

9.ޞިއްޙީމަރުކަޒަށް އެމްބިއުލާންސްގައި ގެނެވޭ ބަލިމީހުން އެމްބިއުލާންސުން ބޭލުމާއި، އަދި މަރުކަޒުން އެމްބިއުލާންސްގައި ގެންދަންޖެހޭ މީހުން އެމްބިއުލާންސަށް އެރުވުމުގައި އެހީތެރިވުން

10. ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި ޤަވާއިދާ ޚިލާފު ކަމެއް ހިނގާ ނަމަ އެކަމެއް ޙައްލުކުރުން، އަދި އަމިއްލައަށް ޙައްލުނުކުރެވޭފަދަ ކަމެއް ދިމާވެއްޖެނަމަ ވަގުތުން ރިސެޕްޝަނަށް އެންގުން. ނުވަތަ އިސްވެރިޔަކަށް އެންގުން.

11. ތަނުގެ ރައްކާތެރިކަމާއި ސަލާމަތަށް ކުރަންޖެހޭ ކަންކަމާއި، އަދި މީގެއިތުރުން ޙިދުމަތްދިނުމުގައި ދިމާވާ ކުއްލި ހާލަތްތަކުގައި އެވަގުތު ޑިއުޓީގައި ހުރި އެންމެ އިސްމުވައްޒަފެއް އަންގާގޮތުގެ މަތިން މަސައްކަތްކުރުން.

12. ޞިއްޙީމަރުކަޒުން ރާވާހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި،ހަވާލުކުރެވޭ އެންމެހާ މަސައްކަތްކުރުމާއި އެހެން މުވައްޒަފުންނަށް މަސައްކަތުގައި އެހީތެރިވުން.

13. ޞިއްޙީމަރުކަޒުގެ އާންމުޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ޒިޔާރަތްކުރާ މީހުންނާއި ޤަވާއިދުތަކާއި އެއްގޮތަށް ރިވެތިބަހުން މުއާމަލާތްކުރުން. 

މަޤާމުގެ ޝަރުތު

ލިޔަންކިޔަން އެނގުން.

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

ގުޅޭ ވަޒީފާގެ ދާއިރާ

ސެކިއުރިޓީ ސާރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިމަރުކަޒުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

ހ.މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

ށ. މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

ހ. ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ށ. އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ގައި ހިމެނޭ ބައިތަކަށް (" ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް" އިން) އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ކަމުގައި ކަނޑައަޅާ ގޮތަށް.

 މިގޮތުން ބެލޭނެ ކަންތައްތަކަކީ:

  • ތަޢުލީމާއި ތަމްރީނު (ލިބިފައިވާ ތަޢުލީމް / ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ތަމްރީނު).
  • މަސައްކަތުގެ ތަޖުރިބާ (ވަޒީފާއާއި ގުޅޭ މަސައްކަތުގެ ތަޖުރިބާ).
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ނޮވެންބަރު 2019 ވާ ބުދަދުވަހުގެ 13:30 ގެ ކުރިން، އއ.މަތިވެރި ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

- އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2019 ނޮވެމްބަރު މަހުގެ ތެރޭގައި މިމަރުކަޒުގައެވެ.  ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާފަރާތްތަކުން، ނޮވެމްބަރު މަހުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

- މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެއަދަދު 10 އަށްވުރެ ގިނަނަމަ،ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

- މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660858  ނަންބަރު ފޯނަށެވެ.

30 އޮކްޓޫބަރު 2019
ހޯދާ