މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހަށް ބޭނުންވާ ސްކޭނަރ މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

 

 

މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހަށް ބޭނުންވާ ސްކޭނަރ މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2019/47 އިޢުލާނަށް އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވީ 1 ފަރާތުން ކަމަށްވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން  07 ނޮވެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113  / 3334103 ފޯނަށް ގުޅުއްވުން އެދެމެވެ.

 

28 ޞަފަރު  1441

27 އޮކްޓޯބަރު 2019 

 

27 އޮކްޓޫބަރު 2019
ހޯދާ