މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

   ވަޒީފާގެ ފުރުޞަތު؛

                      ތިރީގައި މިދަންނަވާ މަޤާމަށް މިއިދާރާއަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ ( 6 މަސް ދުވަސް )

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ދާއިރާ

އެޑްމިން އެންޑް ފައިނޭންސް

ސެކްޝަން:

ކޯޕަރޭޓިވް އެފެއާރޒް

މަޤާމް އޮތް އޮފީސް:

މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ / ނ. ލަންދޫ

މުސާރަ:

4,465.00 ( ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ )

ސަރވިސް އެލެވަންސް:

1,500.00 ( ފަނަރަސަތޭކަ ރުފިޔާ )

އިތުރު ޢިނާޔަތްތައް:

  1. ސަޕޯރޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަންކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިނުމަށް ސިވިލް ސަރވިސް އިން

ކަނޑައަޅުއްވާފައިވާ އެލަވަންސްތަކާއި އިނާޔަތްތައް.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ލިބޭ ފައިސާ ދުވަހުން ދުވަހަށް ކައުންސިލްގެ ތިޖޫރިއަށް ޖަމާކުރުމާއި ، ވައުޗަރަށް ފައިސާ ތިޖޫރިން ދޫކޮށް ތިޖޫރީ ފުރިހަމަކޮށް ތިޖޫރީ ބެލެހެއްޓުން އަދި ތިޖޫރީ ފައިސާގެ ހިސާބުތައް ބެލެހެއްޓުން.

2. ކައުންސިލް އިދާރާއިން ޚަރަދުކުރެވޭ ބިލްތަކުގެ ވައުޗަރ ރަޖިސްޓްރީ ހެދުން.

3. ކައުންސިލް އިދާރާގެ ފައިނޭންސް އޮފިސަރ ޗުއްޓީގައި ހުންނެވުން ނުވަތަ ސަލާމުގައި

   ހުންނެވުން ފަދަ އޮފީހަށް ޙާޟިރުނުވާ ދުވަހެއް އަތުވެއްޖެނަމަ ކައުންސިލް އިދާރާގެ

   ފައިސާއާއިބެހޭ މަސައްކަތްތައް ކުރުން.

4. މުވައްޒަފުންގެ ޗުއްޓީ ޗިޓް ހަދާ މުވައްޒަފުންގެ ޗުއްޓީ އާއިބެހޭ އެންމެހާ ކަންތައްތަކާއި ޗުއްޓީ ރިކޯޑްތައް ބެލެހެއްޓުން.

.5 ކައުންސިލް އިދާރާ އަދި މިސްކިތު މުވައްޒަފުންގެ ދުވަހު ހާޟިރީފޮތް ހަދައި ބެލެހެއްޓުން މަސް ނިމުމުން ހާޟިރީ ރިޕޯރޓް ހެދުން އަދި މިސްކިތު އިމާމުންނާއި މަސައްކަތު މީހުން މިސްކިތަށް ފަސްވަގުތު ޙާޟިރުވަމުންދާ ގޮތުގެ ހާޟިރީ ހެދުން.

6. ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މުވައްޒަފުންގެ ކޮންޓްރެކްޓް ހެދުމާއި ކޮންޓްރެކްޓް މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުން.

7. ކައުންސިލަރުންގެ ހާޟިރީ އަދި މުސާރަ ޝީޓް ކޮންމެ މަހެއް ނިމުމުން ނ.އަތޮޅު

    ކައުންސިލަށް ފޮނުވުން.

8. އައިޑެންޓިޓީ ކާޑު ހެދުމަށް ބޭނުންވާ ފޯމް ދޫކުރުމާއި، ފޯމް ޗެކްކުރުމާއި އައިޑެންޓިޓީ ކާޑް

    ހެދުމާއި ބެހޭ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

9. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލާ ފޯމްތައް ތައްޔާރުކޮށް ފޯމްތައް ފުރުމުގެ

  ކަންތައްތަކާއި މިކަމާއި ބެހޭ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވުން.

10. މުވައްޒަފުންނާއި ބެހޭ އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން. 

11. ކައުންސިލްގެ އަހަރީ ރިޕޯރޓް އަދި ޕާރފޯރމަންސް އިންޑެކްސް ރިޕޯރޓް ހަދައި

   ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

12. ސަރުކާރުންނާއި ކައުންސިލްގެ ފަރާތުން ފާހަގަކުރާ އެކިއެކި ދުވަސްތަކާއި

   މުނާސަބަތުތަކާއި ބެހާ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

13. ސެކްޝަނުން ލިޔަންޖެހޭ ސިޓީ ، މެސެޖް ލިޔުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ

    ފައިލް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި ' މިމާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1. ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

3. ވަޒީފާގެ މަސައްކަތާއި ގުޅޭގޮތުން ލިބިފައިވާ  ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭފޯރމް މިކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv  ވެބްސައިޓުން މިފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި  ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯރމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected]   އެވެ. ފެކްސް ނަމްބަރަކީ 6560007 އެވެ.

އެޕްލިކޭޝަން ފޯރމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލް ކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު  އޮންނާނީ، 10 ނޮވެމްބަރ 2019  އާއި 14 ނޮވެމްބަރ 2019 އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލް އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 12 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 12 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:                      

%45 ( ސާޅީސްފަސް އިންސައްތަ )

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560007 ނަންބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ 6560007 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

25  ޞަފަރު  1441

                                     24  އޮކްޓޯބަރ  2019

 

 

 

 

24 އޮކްޓޫބަރު 2019
ހޯދާ