މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އެގްޒެކެޓިވް

 

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                 އިޢުލާން ނަންބަރު:(IUL)MMPRC-HR/1/2019/77) 

 

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:އެސިސްޓެންޓް އެކައުންޓްސް އެގްޒެކެޓިވް

މުސާރަ (މަހަކު) : -/5,820 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް-/1,940  ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/1,940 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ކޯޕަރޭޓް އެފެއާޒް/ފައިނޭންސް ސެކްޝަން

ބޭނުންވާ އަދަދު: 1

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ހ. ޖީ.ސީ.އީ އޯލެވެލްގެ 3 މާއްދާއިން، އެކައުންޓްސް ހިމެނޭ ގޮތަށް 3 ފާސްވެފައިވުމާއި އެކު މަޤާމާއި ގުޅޭ ދާއިރާއަކުން

   1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، (ނުވަތަ)

ޖީ.ސީ.އީ އޭލެވެލްގެ 3 މާއްދާއިން، އެކައުންޓްސް ހިމެނޭ ގޮތަށް 3 ފާސްވެފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މިކޯޕަރޭޝަނުގެ ފައިނޭންސް ސެކްޝަންއިން ހަދަންޖެހޭ އެންމެހާ ޕޭމަންޓްތައް ޕްރޮސެސްކުރުމާއި އެންމެހާ ރެކޯޑުތައް ބަލަހައްޓައި ރިޕޯޓްކުރުން.

-  ކޯޕަރޭޝަނުގެ ރިސީވަބަލްސް އަދި ޕޭޔަބަލްސް ޕޭމަންޓްތައް ޕްރޮސެސްކުރުމާއި އެންމެހާ ރެކޯޑުތައް ބަލަހައްޓައި ރިޕޯޓްކުރުން.

- ސެކްޝަނުގެ ސިޓީ/ނޯޓް ފަދަ ލިޔުންތައް ތައްޔާރު ކުރުން.

- ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 

ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 04 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މި ކޯޕަރޭޝަން (ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު) އަށް

ހުށައަޅަންޖެހޭ ލިޔުންތައް

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

:އިތުރު މަޢްލޫމާތު

  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

24 އޮކްޓޫބަރު 2019
ހޯދާ