މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިލަންދޫ ކުނި މެނޭޖު ކުރުމުގެ މަސައްކަތަށް ޕިކަޕެއް ގަތުން

މިއިދާރާގެ ނަންބަރު: (IUL)284-MS/284/2019/30(31 ޖުލައި 2019) އިޢުލާނާއި ގުޅިގެން ޕިކަޕް ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވާ ފަރާތުން މިއިދާރާއިން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ޕިކަޕް ފޯރުކޮށްދެވެން ނެތްކަން މިކައުންސިލަށް އަންގާފައިވާތީ، އެއިޢުލާން ބާތިލްކޮށް އަލުން މިލަންދޫގެ ކުނިމެނޭޖްކުރުމުގެ މަސައްކަތަށް ޕިކަޕެއް ގަތުމަށް އިޢުލާންކުރީމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަގު ހުށަހެޅުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

07 ނޮވެމްބަރ 2019

ބުރާސްފަތި

ހެނދުނު 11:00

އަގު ހުށަހެޅުން

10 ނޮވެމްބަރ 2019

އާދިއްތަ

ހެނދުނު 11:00

 

                  މަޢުލޫމާތު ސާފުކުރުމަށް ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި ބައިވެރިވެއްލައްވާނަމަ، އެކަން އަންގައިދޭ ލިޔުން ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ އަމިއްލަފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު 6ގެ (ހ) ގައިވާގޮތަށް، ކުންފުނި ނުވަތަ ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީސް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

24 އޮކްޓޫބަރު 2019
ހޯދާ