ފަހި ދިރިއުޅުން ކޯޕަރޭޝަން
ދިވެހިރާއްޖެ
ވެބްސައިޓް ފަރުމާކުރާނެ ފަރާތެއް ހޯދުމާ ގުޅޭ

މި ކޯޕަރޭޝަންގެ ވެބްސައިޓް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި ކޯޕަރޭޝަން (8B، ހ. އޯކިޑް، އަމީރުއަޙްމަދު މަގު، ކ.މާލެ، 20095) އަށް ވަޑައިގެން ބިޑަށް ރަޖިސްޓަރީ ކުރައްވައި، މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް

ގަޑި

ބިޑް ރެޖިސްޓްރޭޝަން

28 އޮކްޓޯބަރ 2019

10:00 ގެ ކުރިން

ޕްރީ ބިޑް މީޓިންގ އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން

28 އޮކްޓޯބަރ 2019

15:00

ބިޑް ހުށަހެޅުން

31 އޮކްޓޯބަރ 2019

14:00

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ:

-        ބީލަން ހުށަހެޅުއްވޭނީ ބީލަމަށް ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށެވެ.

-        ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.

-        މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.

-        ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (8B، ހ. އޯކިޑް، އަމީރުއަޙްމަދު މަގު، ކ.މާލެ) ގައެވެ.

 

މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްތަކުގައި 08:00 – 16:00 ދެމެދު މި ކޯޕަރޭޝަނަށް 3313244 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

 

23 އޮކްޓޫބަރު 2019
ހޯދާ