މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
މިއުޒިއަމް މެނޭޖަރ (ވަގުތީ)

މި އިޢުލާންވަނީ 23 އޮކްޓޫބަރު 2019 1049 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

  

މަޤާމް:

މިއުޒިއަމް މެނޭޖަރ (ވަގުތީ)

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ (1 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް/ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މާލެ

މުސާރަ:

-/62 ރުފިޔާ (މަސައްކަތް ކުރާ ގަޑި އިރަކަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 1. މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިނގާ ނޭޝަނަލް ސެންޓަރ ފޮ ކަލްޗަރަލް ހެރިޓޭޖްގައި ހިމެނޭ ޤައުމީ ދާރުލްއާސާރުގެ މެންޑޭޓްގައި ހިމެނޭ ކަންކަން ފުރިހަމަކުރުމަށްޓަކައި، ޤައުމީ ދާރުލްއާސާރުން އެކަނި ކުރިއަށްގެންދާ، ނުވަތަ ޤައުމީ ދާރުލްއާސާރާއި ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާ އެކިއެކި ހަރަކާތްތަކުގެ ކޮންސެޕްޓް ތައްޔާރުކޮށް، ހަމަޖެހިފައި އޮންނަ އުޞޫލުން، ޤައުމީ ދާރުލްއާސާރުގެ އެނުއަލް ވަރކްޕްލޭންގައި ހިމެނުން.
 2. ޤައުމީ ދާރުލްއާސާރުގެ އެނުއަލް ވަރކްޕްލޭންގައި ހިމެނޭ، ޤައުމީ ދާރުލްއާސާރުން ހިންގަންޖެހޭ، ނުވަތަ ޤައުމީ ދާރުލްއާސާރުން އިސްނަގައިގެން ކުރިއަށް ގެންދަންޖެހޭ އިވެންޓްތައް ރާވާ ހިންގުން.
 3. ޤައުމީ ދާރުލްއާސާރުގައި ޑިސްޕްލޭ ކޮށްފައިވާ އާސާރީ ތަކެތި އަދި ސްޓޯރޭޖްގައި ބެހެއްޓިފައިވާ ތަކެތި ބެހެއްޓިފައިވަނީ ކަނޑައެޅިފައިވާ އުޞޫލަށްތޯ ބަލައި، އެ ތަކެތި ރައްކާތެރިކޮށް ބަލަހައްޓާނެ ގޮތްތައް ހޯދައި، ދާރުލްއާސާރު އިތުރަށް ތަރައްޤީ ކުރާނެ ގޮތްތައް ރާވާ، ވަކި ނިޒާމެއްގެ ދަށުން މި ކަންކަން ރާވާ އިންތިޒާމުކޮށް ބެލެހެއްޓުން.
 4. ޤައުމީ ދާރުލްއާސާރުގައި ހުންނަ ތަކެތީގެ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ލުއި ފޮތްތަކާއި އެހެނިހެން ލިޔުންތައް ތައްޔާރުކުރުން.
 5. ޤައުމީ ދާރުލްއާސާރުގައި ބާއްވާ މައުރަޒުތައް ކިއުރޭޓް ކުރުމާއި، އެ މައުރަޒުތައް ބޭއްވުމަށް ބޭނުންވާ ލުއި ފޮތްތަކާއި އެހެނިހެން ލިޔުންތައް ތައްޔާރުކުރުން.
 6. ޤައުމީ ދާރުލްއާސާރުގައި ހިންގާ ޕްރޮގްރާމްތައް ބަލަހައްޓާނެ ނިޒާމެއް ޤާއިމުކޮށް، އެ ނިޒާމުގެ ދަށުން އެ ކަންކަން ބެލެހެއްޓުން.
 7. އަމިއްލަފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި ސަރަހައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެތި ކެޓަލޮގުކޮށް ފޮޓޯނަގާ ޑޭޓާބޭސްއެއް ގާއިމްކޮށްގެން ބަލަހައްޓާނެގޮތުގެ އިރުޝާދުދީ އެހީތެރިވެދިނުން.
 8. އާސާރީ ތަކެއްޗާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް ދިރާސާ ކުރުމާއި ތަކެތީގެ މަޢުލޫމާތު މުއްސަނދި ކުރުމަށް މަޢުލޫމާތު ހުރި ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު އެއްކޮށް، ސައްޙަ މަޢުލޫމާތުތޯ ކަށަވަރުކޮށް ލިޔެ ބެލެހެއްޓުން.
 9. ސަރަޙައްދީ ދާރުލްއާސާރުތަކާއި އަމިއްލަ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެތި ގިނަ ދުވަހު ބަލަހައްޓާނެ ގޮތާއި ފަރުވާ ދިނުމުގެ ކުރިންނާއި ފަހުން އެ ކަންކަން ކުރާނެ ގޮތުގެ އިރުޝާދު ދީ، އެ ދާރުލްއާސާރުތައް ތަރައްޤީކުރުމަށް ޕްލޭންތައް ރާވާ އެ ތަންތަން ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

 

1. މިއުޒިއޮލޮޖީ، އިދާރީ ހިންގުން ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާޞިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއިން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

   ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާޞިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

  ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާޞިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2. މަސައްކަތާ ގުޅުންހުރި އިވެންޓްތަކުގެ މަސައްކަތް ކުރުމުގައި ސަރުކާރުގައި މަސައްކަތް ކޮށްފައި ހުރުމަށް އިސްކަން ދެވޭނެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިމިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 • މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
 • މަސައްކަތުގެ ތަޖުރިބާ
 • މަޤާމްގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ނޮވެމްބަރ 05 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ނޮވެމްބަރ 06 އާއި 2019 ނޮވެމްބަރ 30 އާ ދެމެދު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340207 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3326796 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

                        24 ޞަފަރު 1441

                       23 އޮކްޓޯބަރ 2019  

23 އޮކްޓޫބަރު 2019
ހޯދާ