ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުސްތާން ދިލާސާފްކުރުމާގުޅޭ

އިޢްލާން

 

ޤަބުރުސްތާން ދިލާސާފްކުރުމާގުޅޭ

 

      މިރަށު ޤަބުރުސްތާން ދިލާ ސާފްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

 ކުރަންޖެހޭ މަސައްކަތް

  • ޤަބުރުސްތާނުގެ އިންފާރުތެރޭގައި ހަޑިވާގޮތަށް ހުރި އެންމެހާ ގަސްތަކާއި މިރިހިގަސްތައް އުފުރާސާފްކޮށް ކުނިތައް އުކާލުން
  • ޤަބުރުސްތާނުގެ އިންފާރުތެރޭގައި ހުރި ފޮނަގަސްތަކުގެ 8 ފޫޓްތިރިން ގޮފިތައްކޮށާ އުކާލުން
  • ކުނިތައް އުކާލަންވާނީ ކުނިގޮޑަށް

އަންދާސީ ހިސާބު ހުށަހެޅުމާއި މަޢުލޫމާތު ދިނުން

  1. މަސައްކަތާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ2019  އޮކްޓޯބަރ 31 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ.
  2. އަންދާސީ ހިސާބު  ހުށަހެޅުން  އޮންނާނީ 2019 ނޮވެމްބަރ 04 ވާ ހޯމަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާ ގައެވެ.

އިތުރު މަޢުލޫމާތު

-          މި އިޢްލާނާ ގުޅިގެން  އަންދާސީ  ހިސާބު  ހުށަހެޅޭނީ  ވިޔަފާރި  ރަޖިސްޓްރީ  ކޮށްފައިވާ  ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ސާބެވެ.

 

-          މަޢުލޫމާތު  ސާފްކުރައްވަން ވަޑައި  ނުގަންނަވާ  ފަރާތްތަކާއި، ގަޑީގެ  ފަހުން  ހުށަހަޅާ  އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

-          ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

-          މަސައްކަތް ޙަވާލުކުރެވޭނީ ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެމަތީ މާކުސް ލިބޭ ފަރާތަކަށެވެ. ލިބޭމާކުސް އެއްވަރު ވެއްޖެނަމަ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވާނީ އެފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެންނެވެ.

 މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް

ތަފްޞީލް

އިންސައްތަ

ހުށަހަޅާފައިވާ އަގަށް

80%

މުއްދަތަށް

20%

 

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ވިޔަފާރި ރެޖިސްޓްރޭޝަން ކޮޕީ

ރ. އަންދާސީ ހިސާބު

ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލް ކުރުމުގެ

އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ވީމާ،  މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

23  ޞަފަރު 1441

22 އޮކްޓޯބަރ 2019

22 އޮކްޓޫބަރު 2019
ހޯދާ