އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. އަތޮޅުގެ (ސްޓޭޓް ހައުސް) މަރާމާތުކުރުން

އިޢުލާނު

 

އދ. އަތޮޅުގެ (ސްޓޭޓް ހައުސް) މަރާމާތުކުރުން

 

                މިއަތޮޅު އަތޮޅުގެ ( ސްޓޭޓް ހައުސް ) މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކޮށްފައިވާ ނަމްބަރ: IUL) 234-A/234/2019/32) ތ (01 އޮކްޓޫބަރ 2019) އިޢުލާން  ބާޠިލް ކޮށް އަލުން އިޢުލާންކުރަމެވެ ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

           މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ  ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ނަންބަރު:   R-1010/201930 މާރޗް 2019، ގައިވާ ގޮތުގެމަތީން ރަޖިސްޓްރީވެ މި ޕްރޮޖެކްޓުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

           ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2019 އޮކްޓޯބަރ 30 އިން 07 ނޮވެމްބަރ 2019  އަށް ރަޖިސްޓްރީވުމަށް، 6680507 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. ނަންނޯޓް ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

            މި މަސައްކަތަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި ހުށަހަޅާ އަގުގެ %1 (ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގެރެންޓީ ލެޓަރ) ހުށަހަޅުއްވަންވާނެ އެވެ.

            ވީމާ، މި މަސައްކަތަށް ޝައުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2019 އޮކްޓޯބަރ 30 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ނުވަތަ މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2019 ނޮވެމްބަރ 13 ވަނަ ދުވަހުގެ 13:00ގެ ކުރިން މި އިދާރާއަށް ނުވަތަ މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

 

                              22 ޞަފަރު 1441

                             21 އޮކްޓޯބަރ 2019

                                                        (ސޮއި)

                                                       ޢަލީ ނަޞީރު

                                                   އަތޮޅު ކައުންސިލްގެ ރައީސް

19 އޮކްޓޫބަރު 2019
ހޯދާ