އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކޮމެޑޭޝަން ބްލޮކެއް އަޅައިދޭނެ ފަރާތެއް ހޯދުން

           މިރަށު ކުރީގެ ފުޓްބޯޅަ ދަނޑު އޮތް ބިމުގައި މިހާރު ނަރުދަމާ ޕަމްޕިން ސްޓޭޝަން ހެދުމަށް ދޫކުރެވިފައިވާ ބިން ކަނޑާ ބާކީ އޮތް ސަރަހައްދުގެ ތެރެއިން 20000 އަކަފޫޓްގެ ބިމުގައި، މިކައުންސިލްގެ ބޭނުމަށް އެކޮމެޑޭޝަން ބްލޮކެއް އެޅުމަށް މިކައުންސިލްގެ 2019 ވަނަ އަހަރުގެ 20 ވަނަ އާނމު ބައްދަލުވުމުން ވަނީ ނިންމަވާފައެވެ.

              މިބިމުގައި އަމިއްލަ ހަރަދުގައި އެކޮމެޑޭޝަން ބްލޮކެއް އަޅައިދޭ ފަރާތަކަށް މި އެކޮމެޑޭޝަން ބްލޮކް މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބިމުގައި އެކޮމެޑޭޝަން ބްލޮކް އެޅުމަށް ހުށަހަޅުއްވާ ފަރާތްތަކުން އެކޮމެޑޭޝަން ބްލޮކް އެޅުމަށް ބިން ހަވާލުކުރެވޭ ތާރީހުންފެށިގެން 75 ދުވަހުގެ ތެރޭގައި އެކޮމެޑޭޝަން ބްލޮކް އަޅާ ނިންމަންޖެހޭނެއެވެ.

                   މި ބިމުގައި އެކޮމެޑޭޝަން ބްލޮކެއް އަޅައިދީ، މި އިމާރާތް މީލާދީ 1 އަހަރު ދުވަހުގެ މުއްތަތަށް ކުއްޔަށް ބޭނުންކުރެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 އޮކްޓޯބަރ 2019 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ އިދާރާ އަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދައުވަތު އަރުވަމެވެ.

              އެކޮމެޑޭޝަން ބްލޮކް އަޅައި ދިނުމަށްއެދި  ހުށަހަޅުއްވާ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މާކްސް ދިނުމަށް ހަމަޖެހިފައިވަނީ އަންނަނިވި ގޮތުގެ މަތިންނެވެ.

އެކޮމެޑޭޝަން ބްލޮކް އެޅުމަށް ކަނޑައެޅިފައިވާ ބިމަށް މީލާދީ މަހަކަށް އެންމެ ބޮޑު ކުއްޔެއް ހުށަހަޅާ ފަރާތަކަށް 60 މާކްސް (ހުށާހަޅާ އެންމެ ބޮޑު ކުލި އެއީ ބޭސް ލައިނަށް ބަލައިގެން ހުށަހެޅޭ ހުރިހާ ޕްރޮޕޯސަލަކަށް މާކްސްދެވޭނެއެވެ. ހުށަހެޅުނު ކުލި ގެއްލަން ހުށަހެޅުނު އެންމެ ބޮޑުކުލި ގުނަކުރަން 60)

އެންމެ ބޮޑު ފްލޯ އޭރިޔާ އެއް ހިމެނޭ ގޮތަށް އެކޮމެޑޭޝަން ބްލޮކް އެޅުމަށް ހުށަހަޅުއްވާ ފަރާތަކަށް 40 މާކްސް (ހުށަހަޅާ އެންމެ ބޮޑު ފްލޯ އޭރިޔާ އެއީ ބޭސް ލައިންކަމަށް ބަލައިގެން ހުށަހެޅޭ ހުރިހާ ޕްރޮޕޯސަލަކަށް މާކްސް ދެވޭނެއެވެ. ހުށަހަޅާ ފްލޯ އޭރިޔާ ގެއްލަން ހުށަހެޅުނު އެންމެ ބޮޑު ފްލޯ އޭރިޔާ ގުނަކުރަން 40)

              އެކޮމެޑޭޝަން ބްލޮކް އެޅުމާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިކައުންސިލްގެ އިދާރާ ރަސްމީކޮށް ހުޅުވިފައި ހުންނަ ގަޑިތަކު 6680539 ނަންބަރު ފޯނަށް ގުޅުއްވުމުން މައުލޫމާތު ސާފުކުރެއްވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

              ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ. 

18 އޮކްޓޫބަރު 2019
ހޯދާ