ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުވައްޒަފުން ހޯދުމަށްއެދި

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

`                

 ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ               

    މާބައިދޫ، ދިވެހިރާއްޖެ                  

                                  

   ނަންބަރ:(IUL)397-AS/397/2019/71  

 

އިޢުލާން

 

ލ. މާބައިދޫ މަސްޖިދުލް ޣުފުރާން މިސްކިތް ފޮޅާ، ސާފުކުރުމަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ގެންގުޅޭ މުއްޒަފުންގެ އެއްބަސްވުމުގެ މުއްދަތު ހަމަވާތީ ، ޣުރުފާން މިސްކިތާއި މިސްކިތު ފާޚާނާއާއި ، އިސްކުރުބަރިއާއި ، މިސްކިތު   ގޯތިތެރެއާއި ގޯތިވަށައިގެންވާ މަގު ހިމެނޭސަރަހައްދު ކުނިކަހައި ފޮޅާ ، ސާފުކުރުމަށް އެންޕްލޯއި މަންޓްގެދަށުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ލ. މާބައިދޫ ކައުންސިލާ ދެމެދުވެވޭ އެއްބަސްވުމާ އެއްގޮތަށް އެމަސައްކަތްކޮށް ދިނުމަށް އެދޭ މީހުން ބޭނުން  ވެއްޖެއެވެ.

މީހުން ބޭނުންވާ މަޤާމް :     މަސައްކަތު

ބޭނުންވާ ޢަދަދު :              1 އެކެއް

މަޤާމުގެ މުސާރަ :              ކޮންމެ ނަމާދު ވަގުތަކަށް -/45 (ސާޅީސްފަހެއް) ރުފިޔާ

މަޤާމުގެޝަރުޠު :               ލިޔަންކިޔަން އެގުމާއެކުމަސައްކަތް ކުރެވޭފަދަ ޞިއްޙަތު ސަލާމަތުންހުރި މީހަކަށްވުމާއި ، މިފަދަ މަސައްކަތް ތައްކުރުމުގެ ތަޖުރިބާ ހުރި މީކަށްވުން .

އިތުރު ތަފްޞީލް :

                  

އެމްޕޮލޯއިމަންޓްގެ ދަށުން ގެންގުޅޭ މުވައްޒަފުންނަށް އެއްވެސްޗުއްޓީއެއް ނުލިބޭނެއެވެ. އިތުރުގަޑީފައިސާ ، ބަންދު އެލަވަންސް ފައިސާއެއް ނުލިބޭނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތު : 

މިސްކިތް ފޮޅާ ސާފުކުރުމާއި ، ފެންޑާގެ ތަޅުމުގެމުށިތައް މޮޕްކޮށް ޓައިލްސްކުލީނަރ ބޭނުންކޮށްގެން ހިރަފުސް ނުހުންނަ  ވަރަށް ސާފުކުރުން.

މިސްކިތު ކުޑަދޮރުތަކާއި ބޮޑުދޮރުތައް ސާފުކުރުމާއި ، ބިއްލޫރި ހިރަފުސް ނުހުންނަވަރަށް ވިންޑޯކްލީނަރ ބޭނުންކޮށްގެން ސާފުކުރުން.

ވިއްސާރަވެ ވާރޭވެހޭ ދުވަހެއްނޫންނަމަ ، ކޮންމެނަމާދު ވަގުތެއް ޖެހުމުގެ 15 މިނިޓްކުރިން ބޮޑުދޮރާއި ، ކުޑަ ދޮރުތައް ހުޅުވުމާއި ، ނަމާދުކޮށް ނިމިގެން 15 މިނިޓް ފަހުން ދޮރުތައް (މިސްކިތުގައި މީހަކުނެތްނަމަ ) ބަންދުކުރުން.

މިސްކިތް ދިއްލާ ނިއްވުމާއި ، މިސްކިތުން އަނދާ ހޮޅިބުރި ، ބޮކި ފަދަ ތަކެތި ބަދަލުކުރުމަށް ކައުންސިލް އިދާރާއިން ހޮޅިބުރި ، ބޮކި ހޯދުމާއި ، ހޮޅިބުރި ، ބޮކި ލިބުމުން ވަގުތުން ބަދަލުކުރުން .

މިސްކިތު ގޯތިތެރޭ ވިނަނޮޅުމާއި ، ކުނިކަހައި ސާފުކޮސް ބެލެހެއްޓުން ، އަދި މިސްކިތް އެކުލެވޭމަގު މިސްކިތްހިމެނޭ ސަރަހައްދު ކުނިކަހައި ސާފުކުރުން .

ފަންކާތަކާއި ، މިންބަރު ، މައިކް ސްޓޭންޑް ، ކަބަޑުތައް ރަގަޅަށްފޮހެ ސާފުކުރުން .

މިސްކިތު ގޯތިތެރޭގައި އިންދާ ހައްދާ ގަސްތަކަށް ފެންދީ . ގަސްތައް ހެއްދުމަށް މަސައްކަތް ކުރުން.

މިސްކިތު ފުރާޅާއި ، ދިޔަދޮވި ހިރަފުންނުހުންނަ ވަރަށް ދޮވެ ސާފުކުރުން .

މިސްކިތު ވަޅު ހަޑިވެފައިވާނަމަ ، ވަޅުދިޔަ ހިއްކުމާއި ، ވަޅުސާފުކޮށް ބެލެހެއްޓުމާއި ، ވަޅުގެ ތަޅުންގަޑުއަބަދުވެސް ރީއްޗަށް ދޮވެ ސާފުކުރުން .

މިސްކިތުގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ ، އެކަން ހަމަވަގުތުން އިމާމު/މުދިމު ނުވަތަ މިސްކިތާޙަވާލު ވެހުރި ފަރާތަކަށް އަންގައި އެކަމެއް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތް ތަކުގައި ޢަމަލީގޮތުން ބައިވެރިވެ ، އެ މަސައްކަތެއް ކުރުން

މިސްކިތު ގޯތިތެރެއާއި ، މިސްކިތް އެކުލެވޭ މަގުން މިސްކިތު ސަރަހައްދަށް ވާބައި  ކުނިކަހައި ސާފުކުރުމާއި ، ނެގޭ ކުނިތައް ކުނިގޮނޑަށް އުކާލުން.

އިސްވެ ދެންނެވުނު މަސައްކަތްތަކުގެ އިތުރުންވެސް މަސައްކަތުމީހާގެ މަސައްކަތާއިގުޅޭ މަސައްކަތެއްކުރަން ކައުންސިލް އިދާރާއިން އަންގައިފިނަމަ ، އެ މަސައްކަތެއް ކުރުން .

ދިވެހި ސިވިލްސަރވިސްގެ ޤާނޫނާއި ، ޤަވާޢިދާއި  ކޯޑް އޮފް ކޮންޑަކްޓަށް ތަބަޢަވާން ޖެހޭނެއެވެ.

 

 މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 އޮކްޓޯބަރ 2019 ވަނަދުވަހު 14:00ގެ ކުރިން ލ. މާބައިދޫ ކައުންސިލްގެ އިދާރާއަށް ސިޓީފޮނުއްވެވުން އެދެމެވެ. ސިޓީ ފޮނުވާއިރު ލިބިފައިހުރި ތަޢުލީމީ ލިޔުންތަކާއި ، އަ.އި.ޑީ ކާޑްގެ ދެފުށުގެ ކޮޕީއާއި ، އެހެންތަނެއްގައި މަސައްކަތް ކޮށްފައިވާނަމަ އެކަން އެގޭނެ ލިޔުން ހުށަހަޅަން ވާނެއެވެ.

މަޤާމަށް މީހުން ނެގުމަށްބާއްވާ އިންޓަރވިއު 26 – 28 އޮކްޓޯބަރ 2019 އާއި ދެމެދު ދުވަހެއްގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

16 ޞަފަރު 1441

15 އޮކްޓޯބަރ 2019

15 އޮކްޓޫބަރު 2019
ހޯދާ