މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިލަންދޫ ކައުންސިލްގެ އިދާރާއަށް އެސިސްޓެންޓް ޑިރެކްޓަރެއް ހޯދުން

 

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-316922

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮގަނައިޒޭޝަން ޔުނިޓް:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

މަޤާމު އަދާކުރަންޖެހޭ ތަން:

މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

7035.00 ރުފިޔާ (ހަތްހާސް ތިރީސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ (ދެހާސް ރުފިޔާ)

ސަޕޯޓިންގ ކޯއެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/900 ރުފިޔާ (ނުވަސަތޭކަ ރުފިޔާ) ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28% (ޓެކްނިކަލް ކޯ އެލަވަންސްގެ ކޯ ޑިސިޕްލިންގ އަކީ މުނިސިޕަލސް ސާވިސަސް، ޕްރޮޖެކްޓް މެނޭޖުމަންޓް އަދި އިކޮނޮމިކް ޑިވެލޮޕްމަންޓް)

އިތުރު އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރބިއުޝަން
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  4. މީގެ އިތުރުން މަޤާމްގެ މަސައްކަތަށް ކަނޑައަޅާފައިވާ އެހެނިހެން އިނާޔަތްތައް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ރަށުތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށުކައުންސިލުން ތަންފީޒުކުރުމަށް، ސަރުކާރުން ރަށުކައުންސިލާއި ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ޤާނޫނުގައިވާ ގޮތުގެމަތިން ތަންފީޒުކުރުން.

2. ރަށުގެ ތަރައްޤީއާއި ގުޅޭގޮތުން ހުށަހަޅަންޖެހޭ ޕީ.އެސް.އައި.ޕީގެ ޕްރޮޖެކްޓްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމާއި، އެފަދަ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފަންނީ ލަފާ އާއި އިރުޝާދު ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިނުމާއި، އަދި އެފަދަ ޕްރޮގްރާމްތައް ތަންފީޒު ކުރުމާއި މޮނިޓަރ ކުރުމާއި ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމުގައި އިސްވެ ޙަރަކާތްތެރިވުން.

3. ކައުންސިލުން ރަށުގައި ހިންގަން ބޭނުންވާ އެންމެހައި ޕްރޮޖެކްޓްތައް، ކަނޑައެޅިފައިވާ ޢުޞޫލުތަކާއި އެއްގޮތަށް އަދި ކައުންސިލުގެ ލަފާ އާއި މަޝްވަރާގެ މަތީން ރާވައި ހިންގާ ވިލަރެސްކޮށް ބެލެހެއްޓުން.

4. ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ތައްޔާރު ކުރުމާއި، އެ ޕްލޭނުގައިވާ ކަންކަން ތަންފީޒު ކުރުމާއި، ޕްލޭނުގައިވާ ކަންކަން ޙާސިލުކުރެވޭ މިންވަރު ބަލައި، ޕްލޭންތައް މުރާޖާ ކުރަންޖެހޭ ޙާލަތްތަކުގައި ޕްލޭންތައް މުރާޖާ ކުރުމާއި އަދި ފައިނޭންޝަލް ޕްލޭނުގައި ވާގޮތަށް ފަންޑު ނުވަތަ ފައިސާ ހޯދުމުގެ މަސައްކަތް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތީން މުވައްޒަފުންލައްވާ ކުރުވުމާއި، އެކަމާއި ގުޅޭގޮތުން ހުށަހެޅޭ އެންމެހައި މައްސަލަތައް ހިންގައި ވިލަރެސްކޮށް ބެލެހެއްޓުން.

5. ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސާރވިސް ޔުނިޓުގެ ފަރާތުން ކައުންސިލަށް ބޭނުންވާ އިދާރީ އަދި ފަންނީ އެހީތެރިކަން ޒިންމާދާރު ގޮތެއްގައި ފޯރުކޮށްދިނުން.

6. ދިވެހިރާއްޖޭގައި އެކަންކަމާއި ބެހޭގޮތުން އެކަށައެޅިފައިވާ އެންމެހައި ޤާނޫނު ތަކާއި ޤަވާޢިދުތަކާއި، ޢުސޫލުތަކާއި، ކައުންސިލުގެ ނިންމުންތަކާއި، އަދި ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތީން ދިރިއުޅުމުގެ ބޭނުމަށް ރަށުން ދޫކުރަންޖެހޭ ބަންޑާރަ ބިމާއި، ކުއްޔަށް އަދި އެހެނިހެން ބޭނުން ތަކަށް ދޫކުރަންޖެހޭ ބިންތަކާއި ފަޅު އެފަދަ ބޭނުންތަކަށް ދޫކުރުމާއި، ބިމާއި ޢިމާރާތް ރަޖިސްޓްރީ ކުރުމާއި، ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، އެކި ފަރާތްތަކުން ރަށުގެ ބިމާ ގުޅޭގޮތުން ހިންގާ ބިމާއިބެހޭ އެންމެހާ މުޢާމަލާތްތަކުގެ ރެކޯޑުތައް އަދާހަމަކޮށް ބެލެހެއްޓުން.

7. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، އެހެނިހެން ޤާނޫންތަކާއި އެއްގޮތްވާގޮތުގެ މަތީން އިޤްތިޞާދީ އަދި އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލުގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިލްކުކުރުމާއި އަދި މިފަދަ ތަންތަން އެހެންފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓް ކުރުމާއި، މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުމާއި، އަދި މިކަންކަމާއި ގުޅޭގޮތުން ހިންގޭ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑުތައް ރައްކާތެރި ގޮތުގައި ބެލެހެއްޓުން.

8. ރައްކާތެރި ގޮތުގައި ރަށުގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތަށް ހޯދަންޖެހޭ އެންމެހައި ވަޞީލަތްތައް ކައުންސިލަށް ހުށަހަޅައިގެން ހޯދުމާއި، އެ މަސައްކަތުގައި ބޭނުންކުރާ އެންމެހައި ތަކެތީގެ ތެރެއިން މަރާމާތުކޮށް ބަލަހައްޓަން ޖެހޭ މެޝިނަރީޒްތަކާއި، ވެހިކަލްތަކާއި އެހެނިހެން ތަކެތި މަރާމާތުކޮށް ބަލަހައްޓައި، އެ މަސައްކަތުގެ ތެރޭގައި ދިމާވާ މައްސަލަތައް ކައުންސިލުގެ މަޝްވަރާގެ މަތީން ޙައްލުކޮށް، ރައްކާތެރި ގޮތުގައި ރަށުގައި ކުނި މެނޭޖުކުރުމުގެ އެންމެހައި ކަންކަން ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި ވިލަރެސްކޮށް ބެލެހެއްޓުން.

9. މިސްކިތްތައް ފޮޅާ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މިސްކިތްތަކުގެ މަރާމާތުގެ ކަންކަން ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ކުރުމާއި، މިސްކިތު މުވައްޒަފުންގެ ކަންކަން ދުވަހުން ދުވަހަށް ބަލަހައްޓައި ފޯރުކޮށްދޭންޖެހޭ އެންމެހައި ވަޞީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދީ، ދިމާވާ މައްސަލަތައް ބަލައި އެކަންކަން ވީ އެންމެ އަވަހަކަށް ޙައްލުކޮށްދިނުން.

10. ކުޅިވަރު ކުޅުމަށާއި މުނިފޫހިފިލުވުމަށްޓަކައި ރަށުގައި ޤާއިމް ކުރެވިފައިވާ ދަނޑުތަކާއި، ޕާކުތަކާއި މައިޒާންތަކާއި، އިޖުތިމާޢީ ސަރަޙައްދުތަކުގެ ގޮތުގައި ކަނޑައެޅިފައިވާ ތަންތަން ސާފުތާހިރުމަށާއި، އެތަންތަނުގައި ޤާއިމް ކުރެވިފައިވާ ވަޞީލަތްތައް ރައްކާތެރި ކަމާއެކު ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

11. ރަށުގެ މަގުތަކުގެ ޢާއްމު ސާފުތާހިރުކަން ވިލަރެސް ކުރުމާއި، މަގުތައް ދިއްލާ ބެލެހެއްޓުމާއި، މަގުތަކުގައި ދުއްވާ އަދި ހިނގާ ބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ ގޮތަށް ޤަވާޢިދާއި ޚިލާފަށް މަގުމަތީގައި ބެހެއްޓިފައި ހުންނަ ތަކެތި ނެގުމާއި، މަގުތަކުގައި ގަސްގަހާގެހި އިންދުމާއި، އެކިއެކި ކަންކަމާއި ގުޅިގެން މަގު ބަންދުކުރުމާއި، އަދި މިނޫންވެސް، ރަށުގެ މަގުތަކަކީ ސާފުތާހިރު އަދި ރައްކާތެރި އަމާން މަގުތަކަކަށް ހެދުމަށްޓަކައި ކައުންސިލުން އެކަށައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް ބަލަހައްޓަންޖެހޭ އެންމެހައި ކަންކަން ބަލަހައްޓައި، ކައުންސިލުގެ ލަފާ އާއި އިރުޝާދުގެ މަތީން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅައި، އިސްލާޙު ކުރުވަންޖެހޭ ކަންކަން އިސްލާޙު ކުރުވުން.

12. ރަށުގައި ޚިދުމަތް ދެމުން ގެންދާ ފިހާރަތަކާއި، ހޮޓާ، ރެސްޓޯރަންޓް، ކެފޭ ފަދަ ތަންތަނާއި، ގެސްޓްހައުސް ތަކާއި ޢާންމު މާރުކޭޓުތަކާއި އަދި މި ނޫންވެސް ޢާއްމު ވިޔަފާރިތައް ހިންގަމުން ގެންދަނީ ދިވެހިރާއްޖޭގައި އެތަންތަން ހިންގުމާއި ބެހޭގޮތުން އެކަށައަޅާފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެއްގޮތަށްތޯ ބަލައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު ކައުންސިލުގެ މަޝްވަރާގެ މަތީން ފިޔަވަޅު އަޅައި، އިސްލާޙު ކުރަންޖެހޭ ތަންތަނާއި ކަންކަން އިޞްލާޙު ކުރުވުން.

13. ރަށު ކައުންސިލުގެ ބާރާއި އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅޭގޮތުންނާއި، އެކިއެކި ޤާނޫނުތަކުގެ ދަށުން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާ ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާޠިލުކުރުމާއި ރަޖިސްޓްރީ ހަދައިދިނުމާއި ބާޠިލުކުރުން.

14. ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި އެހެނިހެން ސިނާއަތުތައް ކުރި އެރުވުމަށް އެހީތެރިވެދީ މަސައްކަތް ކުރުން.

15. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނުގައި ބުނެފައިވާ، އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓާއި ގުޅުންހުރި ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވައި، ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން.

 

16. ކަމާއި ގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކުގައި ކައުންސިލުގެ ފަރާތުން ހަމަޖައްސަން ޖެހޭ އެންމެހައި ޒިންމާތައް ކައުންސިލުގެ ލަފާ އާއި މަޝްވަރާގެ މަތީން ހަމަޖައްސައި އެކަންކަމުގައި ކައުންސިލް އިދާރާގެ ފަރާތުން އިސްވެ ޙަރަކާތްތެރިވުން.

17. ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށްގެންދިއުމުގައި ކައުންސިލުން ހަމަޖައްސަން ޖެހޭ އެންމެހައި އިންތިޒާމުތައް އެކަށީގެންވާ ރަނގަޅު ގޮތުގައި ހަމަޖައްސައި، އެކަންކަން ވިލަރެސްކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް:

 

 

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، އިކޮނޮމިކްސް، ޕްރޮޖެކްޓް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އާބަން ސްޓަޑީޒްގެ ދާއިރާ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލް ކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، އިކޮނޮމިކްސް، ޕްރޮޖެކްޓް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އާބަން ސްޓަޑީޒްގެ ދާއިރާ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލް ކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، އިކޮނޮމިކްސް، ޕްރޮޖެކްޓް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އާބަން ސްޓަޑީޒްގެ ދާއިރާ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލް ކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާ:

 

  1. މުނިސިޕަލް ސާވިސަސް
  2. ޕްރޮޖެކްޓު މެނޭޖުމަންޓު
  3. އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމަށް ބަލައިގެން.
  2. މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީނަށް ބަލައިގެން.
  3. "ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން" ގެ މާރކްސް އަށް ބަލައިގެން.
  4. މަގާމުގެ މަސައްކަތުގެ ދާއިރާއާގުޅޭ ތަޖުރިބާއަށް ބަލައިގެން.
  5. އިންޓަވިއު އަދި ޕްރެކްޓިކަލްސްގެ މާރކްސްއަށް ބަލައިގެން.

ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މިފޯމް މިއިދާރާގެ ކައުންޓަރުން ލިބިލައްވާނެ).

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިންތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެސެޓްފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއް ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒިފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

 

 

 

 

ވަޒީފާއަށް އެދޭ ފޯމު ށ.މިލަންދޫ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރ 28 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ށ.މިލަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދު ހަމަވަންދެން ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނީ 2019 ނޮވެމްބަރ 04 އާއި 2019 ނޮވެމްބަރ 70 އާއި ދެމެދު ށ.މިލަންދޫ ކައުންސިލްގެ އިދާރާގައެވެ.

ވީމާ، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚުތަކުގައި އިންޓަވިއުއަށް އަދި ޕްރެކްޓިކަލް ޓެސްޓަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓުކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540063 ނަންބަރު ފޯނާއެވެ.   އީ-މެއިލް ކުރާނީ [email protected] އަށެވެ.

      

16 އޮކްޓޫބަރު 2019
ހޯދާ