|
ވަޒީފާގެ ފުރުޞަތު
|
|
|
|
މަޤާމު:
|
އެސިސްޓަންޓް ޑިރެކްޓަރ، އައި.ޓީ
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
|
މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 5 ވަނަ ފަންގިފިލާ، ވެލާނާގެ، ކ. މާލެ.
|
|
މުސާރަ:
|
ޖުމްލަ މުސާރަ: 16,000.00 ރުފިޔާ
|
|
މަޤާމުގެ ޝަރުޠު:
|
- މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 (ދެ)އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އޮފީހުގެ ހުރިހާ ކޮންޕިޔުޓަރު ސިސްޓަމްތައް އަޕްގްރޭޑްކޮށް މަރާމާތުކޮށް ބެލެހެއްޓުން.
- ކޮމްޕިޔުޓަރ ނެޓްވާރކް ބެލެހެއްޓުމާއި ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން.
- ސާރވާތައް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލު ކުރުމާއި އަދި ސަރވާތަކުގެ ބެކްއަޕްނެގުން.
- އޮފީހުގެ އެތެރޭގައި ބޭނުންކުރާ އިންޓްރާ ނެޓްވޯކް ގާއިމްކޮށް ބެލެހެއްޓުން.
- ކޮމްޕިޔުޓަރ ސިސްޓަމްތަކާއި ޕްރިންޓަރ، ސްކޭނަރ އަދި އޮފީހުގެ ހުރިހާ އައިޓީ ސާމާނަށް ދިމާވާ ސޮފްޓްވެއަރ އަދި ހާޑްވެއަރ މައްސަލަތައް ޙައްލުކުރުން.
- އިންޓަރނެޓުގެ ޚިދުމަތް ހުރިހާ މުވައްޒަފުންނަށް ފޯރުކޮށްދީ ބެލެހެއްޓު މާއި ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން.
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އެޓެސްޓް ކޮށްފައިވާ).
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).
- މަސައްކަތުގެ ތަޖުރިބާ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ).
|
|
ސުންގަޑި:
|
މަތީގައި ދެންނެވުނު ލިޔެކިޔުންތައް ހަމަކުރެއްވުމަށްފަހު، 23 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިކޯޕަރޭޝަންގެ އޮފީހަށް ހުށަހަޅުއްވާށެވެ. ނުވަތަ މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާ.
|
|
|