މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯރމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

2020 ވަނަ އަހަރު މިސްކޫލް ކުދިންގެ އެކްޓިވިޓީ ޔުނިފޯރމް، ސްކޫލުންދައްކާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

*މަޢުލޫމާތު ދިނުން: 27 އޮކްޓޯބަރ 2019 ( އާދީއްތަ ) ގަޑި ހެނދުނު 11:00ށް މަރަދޫފޭދޫ ސްކޫލަށް

*އަންދާސީ ހިސާބު ހުށަހެޅުން: 07 ނޮވެމްބަރ 2019 ( ބުރާސްފަތި ) ގަޑި ހެނދުނު 11:00ށް މަރަދޫފޭދޫ ސްކޫލަށް

 

މަޢުލޫމާތު ސާފުކުރުން އޮންނަ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

15 އޮކްޓޫބަރު 2019
ހޯދާ